ބޮލީވުޑްގެ މަގްބޫލު ޖޯޑު އާލިއާ ބަޓް އާއި ރަންބީރު ކަޕޫރު ޗުއްޓީ ހޭދަކުރުމަށް އިޓަލީ އަށް ފުރައިފިއެވެ.

ދެމީހުން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ބުރައްމަސްތުރާ"ގެ ޕްރޮމޯޝަންގެ ކުރިން ދެތަރިންވެސް ކުޑަ ބްރޭކެއް ނަގާލުމަށް އިޓަލީ އަށް ދިޔައިރު ބަތަލާ އާލިއާ ވަނީ އޭނާ ބަނޑުބޮޑުކަން މިދިޔަ ޖޫން މަހު އިއުލާންވެސް ކޮށްފައެވެ. ހަފްތާއެއްގެ މުއްތަކަށް ދެތަރިން އިޓަލީ އަށް ގޮސްފައި ވާއިރު ދެމީހުން އެނބުރި މުމްބާއީ އަށް އަންނާނީ މިމަހުގެ 14 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ. އާލިއާ ވަނީ އިޓަލީގައި ޗުއްޓީ ހޭދަކުރާގޮތުގެ ފޮޓޯތަކެއް ވެސް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކޮށްފައެވެ.

ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ދެތަރިން ކަމަށްވާ އާލިއާ އާއި ރަންބީރު ކައިވެނި ކުރީ މި އަހަރުގެ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. ދެތަރިން ލޯބީގެ ގޮތުން ގުޅުނީ "ބުރައްމަސްތުރާ"ގެ ސެޓުން ކަމުގައި ވިޔަސް މީގެ އަހަރުތަކެއް ކުރިން "ކޮފީ ވިތު ކަރަން" ގައި އާލިއާ ބުނީ އޭނާގެ "ކްރަޝް" އަކީ ރަންބީރު ކަމަށާއި އަދި އޭނާ އާ ކައިވެނިކުރަން ބޭނުންވާ ކަމަށެވެ.

ފިލްމީދާއިރާގައި ނުފޫޒުގަދަ ދެ އާއިލާ އަކަށް ނިސްބަތްވާ ދެތަރިންގެ ދަރިފުޅު ދުނިޔެއަށް އުފަންވާނީ ޑިސެމްބަރު މަހުގައި ކަމަށް ޚަބަރުތައް ބުނެއެވެ. މީގެ ދެ ދުވަސްކުރިން ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމުން ދެތަރިންގެ އިތުރުން ބަތަލާ މޯނީ ރޯއީ އާއި ކާމިޔާބު އެކްޓަރު އަމީތާބު ބައްޗަން ވެސް ފެނިގެންދާނެއެވެ.