މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް ކަމުގެ މަގާމަށް ސައިރިކްސް ކޮލެޖްގެ ޗެއާމަން އަހްމަދު ޝަރީފް އިންތިހާބު ވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ގައުމީ ހިންގާ ކައުންސިލަށް އިންތިހާބުގެ 186 މަގާމުގެ ގޮނޑިއަށް އިންތިހާބުވި މެންބަރުންގެ ނަންތައް ވަނީ އިއުލާން ކޮށްފައެވެ. އެ ނަންތަކުގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި 6 ބޭފުޅަކު ހިވާފައިވާ އިރު، އެ ބޭފުޅުންނަށް ވަނީ ވަކި ދާއިރާތަކެއް ކަނޑައަޅާފައެވެ.

އެމްއެންޕީގެ 6 ނައިބު ރައީސުން

  • އަޕާ ނޯތް ރީޖަން (ހއ، ހދ، ށ އަތޮޅު) ގެ ނައިބު ރައީސް: މުހައްމަދު ޝިހާބް، އާސްމާންވިލާ، ލ. އިސްދޫ
  • ނޯތު ރީޖަން (ނ،ރ،ބ،ޅ އަތޮޅު) ގެ ނައިބު ރައީސް: ހުސައިން އިސްމާއިލް، ބުސްތާނުގެ، ޅ. ހިންނަވަރު
  • ސެންޓްރަލް ރީޖަން (ކ، އއ، އދ، ވ އަތޮޅު) ގެ ނައިބު ރައީސް: މިރުފަތު އިސްމާއިލް ޝަފީގް
  • މާލެ ރީޖަންގެ ނައިބު ރައީސް: އަޙްމަދު އުޝާމް، ވ. ވަސްމީރުފިޔަ، މާލެ
  • ސައުތު ސެންޓްރަލް ރީޖަން (މ،ފ،ދ،ތ،ލ އަތޮޅު) ގެ ނައިބު ރައީސް: އަބްދުﷲ ރިޔާޒް، އޯކިޑްމާގެ، ތ. ތިމަރަފުށި
  • ސައުތު ރީޖަން (ގއ، ގދ، ޏ، ސ އަތޮޅު) ގެ ނައިބު ރައީސް: އަހަމަދު ޝަރީފް، ނޫރީގެ، ސ. ހުޅުދޫ

2022 އޮގަސްޓް 6 ވީ ހޮނިހިރު ދުވަހު ބޭއްވުނު މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޤައުމީ ހިންގާ ކައުންސިލް އިންތިހާބަކީ އެމްއެންޕީގެ ގައުމީ ހިންގާ ކައުންސިލް އެކުލަވާލުމަށް ބޭއްވުނު އިންތިހާބެކެވެ. މި އިންތިހާބުގައި ވަނީ 87 ދާއިރާގެ ރައީސުންނާއި ނައިބު ރައިސުން ވެސް ހޮވާފައެވެ.

އެމްއެންޕީގެ ނައިބު ރައީސް ކަމަށް ޝަރީފް ހޮވިވަޑައިގެންފައިވާ އިރު އޭނާއަކީ އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ)ގެ ރައީސް ވެސް މެއެވެ.