އަނިޔާވެރިކޮށް މަރާލާފައި އޮތް އަންހެނެއް މާލޭގެ ގެއަކުން ފެނިއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުން، އެއީ ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ޗީބޯ ރެސްޓޯރަންޓް ގޯޅީގައި ހުންނަ ގެއެކެވެ.

މި މައްސަލައިގައި ފުލުހުން ބުނެފައި ވަނީ، ޒަހަމްތަކަކާއެކު މީހަކު މަރާލާފައި އޮތް ކަމުގެ ހަބަރަށް ފުލުހުން ހަރަކާތްތެރި ވަމުން ގެންދާ ކަމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރި ވި މީހަކު ހައްޔަރު ވެސް ކޮށްފައި ވާ ކަމައެވެ. އެއީ އެ މައްސަލައާ ގުޅޭ ގޮތުން ޝައްކު ކުރެވޭ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އެއީ ދިވެއްސެއް ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާތީ އިތުރު މައުލޫމާތު ލިބޭ ވަރަކުން ހިއްސާ ކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި ހާދިސާއާ ގުޅެ ގޮތުން ނިއުޅެމުން ދާ ބައެއް ހަބަރުތައް ބުނާ ގޮތުން އަންހެން މީހާގެ ކަރަށް ހަމަލާދީ ކަރުވަނީ އެއްކޮށް ބުރިކޮށްލާފައެވެ. ނަމަވެސް އެކަން ފުލުހުން ޔަގީން ކޮށެއް ނުދެއެވެ.