ކެމިކަލުން ތަޣައްޔަރުވެފައިވާ އައިސްކްރީމްތަކެއް ރާއްޖެ އެތެރެކޮށްފައި ވާތީ އެ ތަކެތި ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ގްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ބުނީ "ޕެސްޓިސައިޑް" އިން ތަޣައްޔަރުވެފައި ހުރި ފަރެންސޭސިވިލާތުގެ "ހާގެން-ޑޭޒްސް" ބްރޭންޑްގެ އައިސްކްރީމް ރާއްޖެއަށް އެތެރެވެފައިވާ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮ ފުޑް އެންޑް ފީޑް އިން އަންގާފައިވާ ކަަމަށެވެ.

އެ އެލާޓާއި ގުޅިގެން މި އުފައްދުމުގެ ސަބަބުން ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހާގެން-ޑާޒް ބްރޭންޑްގެ 12 ބާވަތެއްގެ އައިސްކްރީމް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން ހުއްޓާލަން އެމްއެފްޑީއިން އަންގާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ ވެނީލާ ފްލޭވާގެ 8 ބާވަތަކާއި ބެލްޖިއަން ޗޮކްލެޓް ފްލޭވާ އާއި ކުކީސް އެންޑް ކްރީމްއާއި ކުކީސް އެންޑް ކްރީމް އެސްޕީކޭގެ އިތުރުން ވެނީލާ ކްރީމް އެންޑް އަލްމޮންޑެވެ.