ޕާކިސްތާނުގައި ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ "ފާމިކްސް ލެބޯޓްރީސް ޕްރައިވެޓް ލިމިޓެޑް" އިން އުފައްދާ 6 ދިޔާ ބޭހެއް އެތެރެކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު އެލާޓެއްގައި ބުނަފައި ވަނީ އެކުންފުނިން އުފައްދާ ދިޔާ ބައެއް ބޭސްތަކުގައި ކެމިކަލްގެ މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން (އީޖީ) ހިމެނޭ ކަމަށެވެ. އަދި ރާއްޖޭގެ މާކެޓްގައި ހުރި އެ ކުންފުނީގެ ދެ ބޭހަކުންވެސް އެ ކެމިކަލް ފެނިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެފައި ވެއެވެ.

ކެމިކަލް ހުރި ކަމަށް ތަހުލީލުތަކުން ދައްކާފައިވާ ދިޔާ ބޭސްތަކަކީ:

ޕާކިސްތާނުގެ

އެހެން ކަމުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ކުންފުނިން އުފައްދާ އެއްވެސް ދިޔާ ބޭހެއް ރާއްޖެއަށް އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މިއަދުން ފެށިގެން މަނާ ކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

އަދި މި ބޭސްތައް އެތެރެކޮށް ވިއްކާ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބޭސްތައް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވެސް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ. މީގެ ކުރިން ވެސް ވަނީ ކެމިކަލް ހުރުމުގެ ސަބަބުން ރާއްޖެ އެތެރެ ކުރާ ބައެއް ބޭސްތައް އެތެރެކުރުމާއި ވިއްކުން މަނާ ކޮށްފައެވެ.