ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީއިން އުފައްދާ އެއްވެސް ބޭހެއް ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަނގައިފިއެވެ.

އެމްއެފްޑީއޭއިން ބުނީ ޕާކިސްތާނުގެ ބޭސް އުފައްދާ ކުންފުނި ފާމިކްސް ލެބޯޓްރީސް ޕްރިވެޓް ލިމިޓެޑުން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ފެނިފައިވާ ކަމަށެވެ. އަދި ދުނިޔޭގެ އެކި ގައުމުތަކުންވެސް އެ ކުންފުނގެ ތަފާތު ބޭސް ތަކުން މި މާއްދާތައް ފެނިފައިވާތީ މިކުންފުނި ވަގުތީ ގޮތުން ބޭން ކުރުމަށް ނިންމާފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.

ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީއިން އުފައްދާފައިވާ ބޭސްތައް--

އެމްއެފްޑީއޭއިން ބުނީ އެ ކުންފުނީގެ އެއްވެސް އުފެއްދުމެއް އެ އޮތޯރިޓން ވަކި ގޮތެއް އަންގަންދެން ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

ޕާކިސްތާނުގެ ފާމިކްސް ލެބޯޓްރީއިން އުފައްދާފައިވާ ބޭސްތައް--

އެގޮތުން އެމްއެފްޑީއޭއިން ދާދިފަހުން މަނާކުރި ބޭސްތައް ހިމެނޭ ގޮތަށް 27 ބޭހެއް މަނާކަމަށް ވަނީ އަންގާފައެވެ. އޭގެ ތެރޭގައި ދިޔާބޭހާއި ގުޅަ ބޭސް ވެސް ހިމެނެއެވެ.