ފަސޭހަ ރައިޑް އެޕްލިކޭޝަނަކީ ޓެކްސީ ހިދުމަތް ހޯދާ ފަރާތްތަކަށް ޓެކްސީ ހޯދުމަށް ފަސޭހަ ގޮތްތަކެއް މަގުފަހި ކޮށްދިނުމަށާއި ޓެކްސީ ހިދުމަތް ދޭ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށް ދިނުމުގައި ދިމާވާ ދަތިކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން މާލޭގެ އިތުރުން ރާއްޖޭގެ ބޮޑެތި އާބާދީތަށް އޮންނަ އަތޮޅުތަކާއި ރަށްތަކަށް ވެސް ހިދުމަތް ލިބޭ ގޮތަށް ތައާރަފް ކުރި އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަން ތައާރަފް ކުރުމުގެ އެންމެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޓެކްސީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުމެވެ. އެގޮތުގެ މަތިން އެޕްލިކޭޝަން ފަރުމާ ކޮށްފައި ވަނީ ޓެކްސީ ހިދުމަތް ހޯދާ ފަރާތްތަކަށާއި ޓެކްސީ ހިދުމަތް ދޭ ފަރާތްތަކަށް ވެސް ފަސޭހަ ކަމާ އެކު މި ހިދުމަތް ފޯރުކޮށް ދެވޭނެ އެކިއެކި ފީޗާސްތައް ހިމަނައިގެންނެވެ.
"ފަސޭހަ ރައިޑް" ގެ ނަމުން މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ރާއްޖެއަށް ތައާރަފް ކުރި މި އެޕްލިކޭޝަންގެ ތަސައްވުރަކީ ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާކޮށް ކަސްޓަމަރުންނަށް ފަސޭހައިން ޓެކްސީ ހިދުމަތް ލިބޭނެ މަގު ފަހިކޮށް ދިނުމާ އެކު މިހާރު ޓެކްސީ ހިދުމަތް ދޭ ފަރާތްތައް ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށް ދިނުމުގައި މުޅިން އާ ތަޖުރިބާއެއް ހޯދައި ދިނުމެވެ. އެހެންކަމުން، ފަސޭހަ ރައިޑަކީ ރާއްޖޭގެ ޓެކްސީ ނިޒާމުގައި އިންގިލާބީ ރަނގަޅު ބަދަލުތަކެއް ޒަމާނީ ފެންވަރަށް ގެނެސްދޭނެ އެޕްލިކޭޝަނަކަށް ވެގެން ދާނެއެވެ.
ފަސޭހަ ރައިޑް އެޕްލިކޭޝަންގައިވާ އެންމެ ފަހާގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ، އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ދަތުރު ޓްރެކް ކުރެވި، އާއިލާގެ މެންބަރުންނާއި ރައްޓެހިންނަށް ޝެއާ ކުރުމުގެ އިތުރުން ދަތުރުގެ އަގުގެ ތަފްސީލު ބަލާލެވުމެވެ. އަދި ދުރާލާ ދަތުރު ޝެޑިއުލް ކުރުމާއި، އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރާ ޗެޓް ކުރުމުގެ އިތުރުން، ކުރިން ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް ވެސް ބަލާލުމެވެ.
މި އެޕްލިކޭޝަން ފަރުމާ ކޮށްފައި ވަނީ އެޕްލިކޭޝަން މެދުވަރިކޮށް ވެސް ހާއްސަ ޕްރޮމޯޝަން ތަކެއް ހިންގޭ ގޮތަށެވެ. އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް ހިންގޭ އެއް ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށާއި ޑްރައިވަރުންނަށް ވެސް އެޕްލިކޭޝަން އެހެން ފަރާތަކާ ހިއްސާ ކޮށްގެން ހިއްސާ ކުރި ފަރާތަށާއި އަލަށް ގުޅިވަޑައިގަންނަވާ ފަރާތަށް ބޯނަސް ކްރެޑިޓް ލިބޭ ޕްރޮމޯޝަނެކެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ހިންގާ އަނެއް ޕްރޮމޯޝަނަކީ އެޕްލިކޭޝަން މެދުވެރިކޮށް ކުރާ ކޮންމެ ދަތުރަކަށް ވެސް ރިވާޑް ޕޮއިންޓްސް ލިބުމެވެ. މި 'ރިވާޑް ޕޮއިންޓްސް' ބޭނުން ކޮށްގެން، ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި އިތުރު ޕްރޮމޯޝަން ކޯޑްތައް މެދުވެރިކޮށް ކުރައްވާ ދަތުރުތަކަށް ޑިސްކައުންޓް ވެސް ހޯދޭނެއެވެ.
ކަސްޓަމަރުންނާއި ޑްރައިވަރުންނަށް އެތައް ޕްރޮމޯޝަންތަކެއް:
އެޕްލިކޭޝަން ލޯންޗް ކުރާ ދުވަހުން ފެށިގެން ފަސޭހަ ރައިޑް އިން ހުޅުވާލާ ބައެއް ޕްރޮމޯޝަންތަކުގެ ތެރޭގައި؛
- ސެޕްޓެމްބަރ 2022 ގެ ނިޔަލަށް އެޕްލިކޭޝަންގައި ރަޖިސްޓަރ ވެ ދަތުރުކުރައްވާ ހުރިހާ ޑްރައިވަރުންނަށް ޖުލައި 2023 އާ ހަމައަށް އެއްވެސް ފީއަކާ ނުލައި އެޕްލިކޭޝަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު.
- ޖުލައި 2022 ދުވަހުގެ ނިޔަލަށް ފަސޭހަ ރައިޑް އެޕްލިކޭޝަންގައި ރަޖިސްޓަރ ވާ ހުރިހާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ފައިސާގެ އިނާމެއް ކަސްޓަމަރުން އެޕްލިކޭޝަން މެދުވެރިކޮށް ދަތުރެއް ކުރައްވައިގެން ހިލޭ އައި ފޯނެއް ހޯދުމުގެ ފުރުސަތު
- ފޭސްބުކް ޕޯސްޓެއް ޝެއާ ކޮށްގެން "ފޯ އިން ވަން" ކޮފީ މެޝިނެއް ހިލޭ ހޯއްދެވުމުގެ ފުރުސަތު
- ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ދަތުރު ކުރައްވައިގެން ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރި ފަރާތަކަށް އެ ހަފްތާއެއް ގައި ފަސޭހަ ރައިޑް މެދުވެރިކޮށް ކުރައްވާފައިވާ ހުރިހާ ދަތުރުތަކެއްގެ ފައިސާ އަނބުރާ ހޯއްދެވުމުގެ ފުރުސަތު.
- ފުރަތަމަ ރަޖިސްޓާ ވާ ޑްރައިރުން ދަތުރެއް ކުރެއްވުމުން ސްޓޮކް ހުސްވަންދެން ފޯން ހޯލްޑާ ހިލޭ ލިބިގެންދާނެ
- ފުރަތަމަ ރަޖިސްޓާވެ އެޕްލިކޭޝަން މެދުވެރިކޮށް ދަތުރެއް ނަންގަވާ 50 ޕްރައިވެޓް ހަޔާ ވެހިކަލްއަށް 1 އަހަރު ދުވަހު ހިލޭ އެޕްލިކޭޝަން ބޭނުން ކުރުމުގެ ފުރުސަތު
- ކޮންމެ މަހަކުވެސް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރު ނަންގަވާ ޑްރައިވަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް ޓޭންކް ފުރެންދެން ތެޔޮ ހޯދުމުގެ ފުރުސަތު
- އަންހެން ބޭފުޅުންނަށް ހާއްސަ ޕްރޮމޯޝަނެއް: ކޮންމެ މަހަކުވެސް އެޕްލިކޭޝަން މެދުވެރިކޮށް ދަތުކުރައްވާ އަންހެން ބޭފުޅުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް "ކުއީންސް ގާޑަން" ރެސްޓޯރަންޓް އިން ދެ ބޭފުޅަކަށް ހާއްސަ ކެއުމެއް.
މީގެ އިތުރުންވެސް އިތުރު ޕްރޮމޯޝަންތައް އެޕްލިކޭޝަން ބޭނުން ކުރާ ފަރާތްރަކަށް ތައާރަފްކުރުމަށް ފަސޭހަ ރައިޑްގެ ފަރާތުން ދަނީ މަސައްކަތް ކުރަމުންނެވެ.
ޕްރޮމޯޝަން ތަކާއި އިތުރު މައުލޫމާތު ފަސޭހަ ރައިޑް ފޭސްބުކް ޕޭޖް އަދި އިންސްޓަގްރާމް ޕޭޖުން ލިބޭނެއެވެ.
ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކަށް ވެސް މާ ފުރިހަމަ ތަޖުރިބާއެއް
ފަސޭހަ ރައިޑް އެޕްލިކޭޝަންގެ މައިގަނޑު އެއް މަގްސަދަކީ ޒަމާނީ ފެންވަރަށް ޓެކްސީ ސެންޓަރ ތަކުގެ ހިދުމަތް ގެނައުމަށް ހުރިހާ ސެންޓަރުތަކަށް މަގުފަހިކޮށްދީ ދޮރުހުޅުވާލަދިނުމެވެ. މި އެޕްލިކޭޝަނުން ޑްރައިވަރުންނަށް ލިބޭ އެންމެ ހާއްސަ އެއް އިނާޔަތަކީ ޓެކްސީތަކުން ވަކިވަކިން ރަޖިސްޓްރީ ކުރި ކަމުގައި ވިއަސް ޓެކްސީ ސެންޓަރު ތަކާ ވެވޭ އެއްބަސްވުމުގެ ދަށުން އެ ސެންޓަރެއްގެ ހުރިހާ ވެހިކަލްތަކަށް އެޕްލިކޭޝަން ހިލޭ ލިބިގެން ދިއުމެވެ. އަދި މީގެ އިތުން އެއްބަސްވުމުގެ ދަށުން މި އެޕްލިކޭޝަން އާއި އެކު ޓެކްސީ ސެންޓަރު ތަކަށް ހާއްސަ ޓެކްސީ މެނޭޖްމަންޓް ޕްލެޓްފޯމެއް ތައާރަފްކޮށް އެ ހިދުމަތް ބޭނުންފުޅުވާ ސެންޓަރުތަކަށް ހިލޭ އެ ހިދުމަތް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ. މި އެޕްލިކޭޝަން ތައާރަފް ވުމާއެކު މިހާރުވަނީ 2 ޓެކްސީ ސެންޓަރަކާ އެކު ޕާރޓުނާރޝިޕް ހެދިފައެވެ. އަދި މި ފުރުސަތު އެހެން ސެންޓަރު ތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ.
ޕްރައިޓް ހަޔާ އުޅަނދުތަކަގެ ޑްރައިވަރުންނަށް ވެސް ވަނީ އެޕްލިކޭޝަންގައި ރަޖިސްޓްރީ ވުމަށް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން ޕްރައިވެޓް ކާރު، ސައިކަލް، ވޭން، އަދި ޕިކަޕަށް ވެސް ފަސޭހަ ރައިޑް ޑްރައިވަރުންގެ އެޕްލިކޭޝަން މެދުވެރިކޮށް އެއްވެސް ރަޖިސްޓްރޭޝަން ފީ އަކާ ނުލާ ޑްރައިވަރަކަށް ރަޖިސްޓަރ ވުމަށް އެދި ހުށައެޅޭނެއެވެ.
މީގެ އިތުރުން ހުރިހާ ވެހިކަލްތަކަކަށް ވެސް ހުޅުވާލެވިފައި އޮތް މިއަހަރު ނިމެންދެން ހިލޭ އެޕްލިކޭޝަން ބޭނުން ކުރުމުގެ މުއްދަތު ހަމަވުމުންވެސް ފުރަތަމަ ރަޖިސްޓްރީވެ ދަތުރެއް ކުރައްވާފައިވާ ޕްރައިވެޓް ހަޔަރ 100 ވެހިކަލަށް މާކެޓް ގަ އެވަގުތެއްގަ ހުރި އެންމެ ކުޑަ އަގެއް ޔަގީން ކޮށްދޭ ހާއްސް ޕެކޭޖްތަކެއް ތައާރަފް ކުރުމަށްވަނީ ހަމަޖެހިފައެވެ. މި ޕެކޭޖްތަށް ފަރުމާ ކުރެވިފައިވާނީ ދަތުރު ނުކުރާ ދުވަސްތަކަށް އެއްވެސް ފީއެއް ދައްކަން ނުޖެހި އަދި ބޭނުން ވަގުތެއްގައި އަމިއްލަފުޅަށް ޕެކޭޖް އެކްޓިވޭޓް ކޮށްލެވޭ ގޮތަށެވެ.
އަދި ހަމަ އެހެންމެ އެޕްލިކޭޝަން ބޭނުން ކުރައްވާ ޑްރައިވަރުންނަށް ވެސް ފަސޭހަ ގޮތްތަކެއް ހޯދާ ދިނުމުގެ ގޮތުން ވަނީ އެޕްލިކޭޝަން ފަރުމާ ކުރެވިފައިވަނީ އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރުންނަށް ލިބޭ ފައިސާގެ ތަފްސީލް އަދި ކުރެވެނު ދަތުރުތަކުގެ ތަފްސީލް ވެސް ބަލާލެވޭ ގޮތަށެވެ. މީގެ އިތުރުން ޑްރައިވަރުންގެ އެކައުންޓް ވެރިފިކޭޝަން އަށް ބޭނުންވާ ހުރިހާ ލިޔެކިއުންތަކެއް ހިއްސާކުރުމާއި ކަސްޓަމަރުން ގިނަ ސަރަހައްދުތައް ދަނެގަތުމާއި ޑްރައިވަރުންނަށް ކަސްޓަމަރުން އަތުން ފައިސާ ނެގުމުގައި ފަސޭހަ ގޮތްތަކެއް ހޯދާ ދިނުމުގެ ގޮތުން ޑިޖިޓަލް ވޮލެޓްއަކާވެސް އެކުއެވެ.
ރާއްޖޭގެ ހުރިހާ ހިސާބަކަށް ފަސޭހަ ރައިޑް ގެ ހިދުމަތް، ސައިކަލް ޓެކްސީ އަށް އާ އުންމީދެއް
އެޕްލިކޭޝަން ލޯންޗް ކުރާ ދުވަހުން ފެށިގެން ރާއްޖޭގެ ބޮޑެތި އާބާދީތަށް ހިމެނޭ ރަށްތަކަށްށާއި އަތޮޅުތަކަށް ވެސް ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަންގައި ރަޖިސްޓްރީ ވުމަށް ވަނީ ހުޅުވާލެވިފައެވެ.
ފަސޭހަ ރައިޑް އެޕްލިކޭޝަން މެދުވެރިކޮށް ސައިކަލް ޓެކްސީގެ ހިދުމަތް ވެސް ތައާރަޕް ކުރަމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުގެ މަތިން މި ހިދުމަތް ދޭން ބޭނުން ދޭން ބޭނުންވާ ޑްރައިވަރުން ރަޖިސްޓްރީ ވުމަށް ވަނީ ހުޅުވާލެވިފައެވެ. އެހެންކަމުން އެޕްލިކޭޝަނުން ހިދުމަތް ހޯދާ ފަރާތް ތަކަށް ބޭނުން ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއެކު ސައިކަލް ޓެކްސީ ވެސް ބުކް ކޮށްލެވޭނެއެވެ. ހަމައެހެންމެ ފަސޭހަ ރައިޑްގެ ފަރާތުން ޑްރައިވަރުންނަށާއި ކަސްޓަމަރުންނަށް ހިންގާ ތަފާތު އަގުހުރި ޕްރޮމޯޝަންތަކުގައި ބައިވެރި ވުމުގެ ފުރުސަތު ވަނީ ސައިކަލް ޓެކްސީ ޑްރައިވަރުންނަށާއި ސައިކަލް ޓެކްސީ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.
މި އެޕްލިކޭޝަން މިވަގުތު އެޕަލް ސްޓޯރުންނާއި، ޕްލޭ ސްޓޯރުން ލިބޭނެއެވެ.
ފަސޭހަ ރައިޑް ކަސްޓަމަރ އެޕްލިކޭޝަން ޑައުންލޯޑް ކޮށްލުމަށް:
ފަސޭހަ ރައިޑް ޑްރައިވަރ އެޕްލިކޭޝަން ޑައުންލޯޑް ކޮށްލުމަށް: