ނ. ހެނބަދޫން ވީނުވީއެއް ނޭނގި ގެއްލުނު މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ހެނބަދޫން މީހަކު ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

އެގޮތުން ވީނުވީއެއް ނޭނގި، ގެއްލިގެން ހޯދަމުން ދަނީ އިބްރާހީމް ރާމިޒް، ކުންނާރުގެ / ނ. ހެނބަދޫ (28އ) ކަމަށް، ފުލުހުން ބުންޏެވެ.

ރާމިޒްގެ އާއިލާ އާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި:

  • ރާމިޒް އެންމެ ފަހުން ފެނުނީ ހެނދުނު
  • އޭރު ހުރީ އަޅި ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ސޯޓެއް ލައިގެން
  • މިއަދުގެ ވަގުތެއްގައި ކެނޯއެއްގައި އެކަނި އޭނާ ކަނޑުމައްޗަށް ނުކުތްކަމަށް ބެލެވޭ

އޭނާ ފެނިއްޖެ ނަމަ، ނުވަތަ މައުލޫމާތެއް ލިބިއްޖެ ނަމަ، ކެނދިކުޅުދޫ ފުލުހުންގެ ސްޓޭޝަނާ ގުޅައި (9311499) މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.