ޕީޕީއެމްގެ ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކުރަން ނިންމައިފިއެވެ.

ޕީޕީއެމްއިން ބުނީ ޕީޕީއެމްގެ ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކޮށް ކައުންސިލް މެންބަރުންނަކީ ސެނެޓާސް ކަމަށް ރޭ ބޭއްވުނު ކައުންސިލްގެ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލްގެ ނަން ސެނެޓަށް ބަދަލުކުރި ބައްދަލުވުމުގެ ރިޔާސަތު ރައީސް އަބްދުﷲ ޔާމީން ބެލެހެއްޓެވި ނަމަވެސް އެ ބަދަލު ގެނައި ސަބަބެއް ޕީޕީއެމް އިން ހާމަކޮށްފައެއް ނުވެއެވެ.

މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއެއްގެ ގުނަވަނަކަމަށް ސެނެޓްގެ ނަން ދިން ފުރަތަމަ ފަހަރެވެ. މިހާތަނަށް ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުގައި ކަންކަން ނިންމަން އޮންނަ އެންމެ އިސް ގުނަވަނަށް ކިޔަނީ ކައުންސިލެވެ.