ގަދަކަމުން ގެންގޮސް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައާ ގުޅިގެން ޖުމްލަ ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

މިއަދު ތިން ވަނައަށް ހައްޔަރު ކޮށްފައި މިވަނީ ކ. މާލެ، ދަފްތަރު ނަންބަރު RS8499، އަހްމަދު މުއާޒް (40އ)އެވެ.

އޭނާގެ އިތުރުން މިއަދު ހައްޔަރުކުރި ދެމީހުންނަކީ ކ. މާލެ، މއ. ފާގަފިލާގެ، އަހްމަދު އިސްމާއީލް (39އ) އަދި ކ. މާލެ، މ. ލެގޫންވިއު، އިސްމާއީލް އަބްދުއްރަގީމް އާދަމް (30އ)އެވެ.

ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ރިމްވާން ވަގަށް ނަގައި މަރާލާފައިވާ މައްސަލައާއި 2017 އޭޕްރީލް 23 ވަނަ ދުވަހުގެރޭ ސ. ފޭދޫ، ޗަނބޭލީގެ، ޔާމީން ރަޝީދު މަރާލާފައިވާ މައްސަލައާގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމުގަ އަދި އެ ކުށް ހިންގުމަށް މަގުފަހިކުރުވައި ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ނޫސްވެރިޔާ ރިޟްވާން ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް މަރާލާފައި ވަނީ އޮގަސްޓް، 8 2014 ގައެވެ.