ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބުނާ މީހަކު އިތުރު 2 މީހަކާއެކު ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް ޓުވިޓާގައި ލީކް ކޮށްލައިފިއެވެ.
މި ފޮޓޯ އާންމުކޮށްފަ އިވަނީ އެމްވީލީކް 2.0 ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކުންނެވެ. ލީކުވި ފޮޓޯގައި ފެންނަނީ އެންދެއްގައި އަންހެނަކާއި ދެ ފިރިހެނަކަކު އޮންނަ ތަނެވެ. އެތަނުން އެއް ފިރިހެނެއްގެ ގައި މަތީގައި އަންހެން މީހާ އޮންނަ އިރު އަނެއް ފިިރިހެން މީހާ އެ ދެމީހުންނާ ދިމާލަށް ބަލަހައްޓައިގެން އޮންނަ ތަން ފެނެއެވެ. އެމީހުން ތިބި އެނދުގެ ހެޑްބޯޑްމަތީގައި ބިއްލޫރި ތައްޓެއްގައި ބުއިމެއް އަޅާފައި ހުންނަ ތަން ވެސް ފެނެއެވެ.
މިކަމާ ގުޅިގެން ފޯނާ ޖަވާބު ދެއްވާފައި ނުވާތީ އަނދުން ހުސައިންގެ ބަހެއް ނުލިބުނެވެ. އަދި މިކަމާ ގުޅިގެން މިހާތަނަށް ފުލުހުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމްވީލީކް ޓްވިޓާ އެކައުންޓުން ،މި ފޮޓޯ ލީކް ކޮށްލުމުގެ ކުރިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަގު ވައްޓަވާލައްވަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި އަނދުން ހުސައިން އަޑީގައި ތިއްބަވައިގެން ކުރެއްވީ ވަރަށް ނުބައި ކަމެއް ކަމަށެވެ. އަދި މިރޭ 8:30 ގައި އަނދުން ހުސައިން ލިވާތުކޮށް ޒިނޭކޮށް ބަނގުރާ ބޯކަމުގެ ފުރިހަމަ ހެކި ހާމަކުރާނެ ކަމަށާއި ރައީސް ނަޝީދާ "ކުޅުމުން ރީތިނުވާނެ" ކަމަށް ބުނެ އިންޒާރު ދީފައި ވެއެވެ.
ރައީސް ނަޝީދާ ކުޅުނު ކަމަށް ބުނެ ދިން އިންޒާރަކީ މިއަދު އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބުނެ ދެފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ކޮށްފައިވާތީ އެކަމާ ގުޅިގެން ދީފައިވާ އިންޒާރެކެވެ.