މުޅި ރާއްޖެއަށް މަގުބޫލް ބްރޭންޑެއް ކަމުގައިވާ "ހިޓާޗީ" އަށް ހާއްސަ ކޮށްގެން އެސްޓީއޯއިން ހަމަ ހިޓާޗީ ނަމުގައި ޕްރޮމޯޝާންއެއް މިއަދު ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކަމަށެވެ. އަދި މި ޕްރޮމޯޝަން އެސްޓީއޯ ޕީޕަލް ޗޮއިސްގެ އިތުރުން އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި ވެސް ކުރިޔައްދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަމެޝިން، އެއާޕިޔުރިފަޔާ، ޓީވީ، ޕަންޕު، ވެކިޔުމްކްލީނާ، ރައިސްކުކާ، އަވަން، އަދި އެއާކޯން ހިމެނޭހެން ގިނަ ޕްރޮޑަކްޓް ތަކަކަށް 30 ޕަސެންޓް އާއި ހަމަޔަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މީގެ އިތުރުން އެއާކޯން އަދި ރެފްރިޖިރޭޓަރު ފަދަ ތަކެތި ގެތަކާ ހަމައަށް ގެންގޮސްދިނުން އަދި އެއާ ކޮންޑިޝަން ހަރުކުރުމުގެ ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަން ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރިއެއް ހޮވައި ވަރަށް އަގުހުރި އިނާމުތަކެއް ހަވާލު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ. މި ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި 3 ފަރާތެއް ހޮވައި، ކޮންމެ ފަރާތަކަށް ވެސް 50،000 ރުފިޔާގެ އެސްޓީއޯ ޕީޕަލް ޗޮއިސް ގިފްޓް ވައުޗާއެއް ދިނުމަށް ވަނީ ވެސް ވަނީ ހަމަޖެހިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ހަމަ ހިޓާޗީ ޕްރޮމޯޝަން ބޮޑެތި ޑިސްކައުންޓްތަކަކާ އެކު

މީގެ އިތުރުން ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިއާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓުކޮށްގެން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރި ފަރާތެއް ހޮވައި އެފަރާތަށް ވަރަށް އަގުހުރި އިނާމެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. މި މުބާރާތުގެ އިތުރު މައުލޫމާތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ވަނީ އެ ކުންފުނިން ވިއްކާ ހިޓާޗީ އޭސީގެ 6 މޮޑެލްއެއްގައި، ކަރަންޓު ބޭނުންވާ މިންވަރު އަންގައިދޭ ދިވެހިން ލިޔެފައިވާ ލޭބަލް ޖަހާފައެވެ. .މިއީ ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށް ބާރު އަޅާ، އެންވާރަމަންޓް މިނިސްޓްރީން ފަށާފައިވާ މަސައްކަތެކެވެ. އެގޮތުން އެސްޓީއޯއަކީ ހަކަތަ ސަމަކާރަ ލޭބަލް ޖަހަން ފެށި ފުރަތަމަ ކުންފުންޏެވެ. އެސްޓީއޯއިން ލޭބަލް ޖެހި އޭ.ސީގެ ތެރޭގައި އާއްމު އޭސީތަކަށް ވުރެ 42 ޕަސެންޓް ކަރަންޓް މަދުން ބޭނުންކުރާ އެއާ ކޮންޑިޝަންތައް ހިމެނޭ ކަމަށް އެސްތީއޯ އިން ބުނެއެވެ. ހަކަތަ ސަމަކާރަ ޕްރޮގްރާމްގެ ދަށުން އައިސް އަލަމާރިއާ ދޮންނަ މެޝިންގައިވެސް ލޭބަލް ޖެހުމަށް ވަނީ ހަމަޖެހިފައި ކަމަށް އެސްޓީއޯ އިން ބުނެއެވެ.

ދިވެހިންގެ މެދުގައި އިތުބާރު ދަމަހައްޓާފައިވާ ކަރަންޓް ހަރަދު ކުޑަ، ފެންވަރު ރަނގަޅު އޭސީ ނުވަތަ އައިސްލަމާރިއެއް ގަންނަން ވިޔަސް އަދިވެސް ހަމަ ހިޓާޗީ ވަރެއް ނެތެވެ. އެސްޓީއޯ އިން ހިޓާޗީ ބްރޭންޑް އިންޕޯޓް ކޮށް ވިއްކާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު މި ބްރޭންޑްކީ ކަސްޓަމަރުންގެ އިތުބާރު ހޯދައިފައިވާ ނަންބާ ވަން ބްރޭންޑެވެ.