ރާއްޖޭގައި ކޮވިޑް ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާއިރު މިދިޔަ ހަފްތާއެއް ތެރޭގައި ވެސް 400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހު 12 އިން 18 ވަނަ ދުވަހުގެ ނިޔަލަށް 205 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
އޭގެ ތެރެއިން ހިމެނެނީ މާލެ އިން 231 މީހަކާއި އަތޮޅު ތެރެއިން 95 އަދި އެހެނިހެން ރަށްތަކާއި ރިސޯޓްތަކުން 79 މީހެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިވަގުތު 17 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ކޮވިޑަށް ޕޮޒިޓިވް ވާ އަދަދުތައް މަތިވަމުން އަންނަ އިރު އެޗްޕީއޭގައި ސްޓާފުންގެ ދަތިކަން ހުރިކަމާއި ޕޮޒިޠިވް ވާ އަދަދުތައް މަތިވަމުން އަންނަ އިރު، ޑައިރެކްޓް ކޮންޓެކްޓުން ޓެސްޓު ހަދާނަމަ ދާން ޖެހެނީ ވެސް އަމިއްލައަށް ކަން ވަނީ އެނގިފައެވެ.
އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ މަސްތަކުގައި ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށް ފަހު، އަނެއްކާވެސް ގިނަވަމުން ދާތީ އެކަމަށް އާންމުން ސަމާލުވެ ރައްކަތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ.
ހަމައެއާއެކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ އެކަހެރިވުމާއި ކޮންޓެކްޓުންގެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ވެކްސިންގެ ޑޯޒުތައް ފުރިހަމަ ނުވާ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީޢޭއިން ބުނެއެވެ. އެގޮތުން 12 އަހަރުން މަތީގެ ފަރާތްތަކަށް ވެކްސިންގެ ދެ ޑޯޒު އަދި 18 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދެޑޯޒު ފުރިހަމަ ކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓާ ޖެހުމުގެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ދުނިޔޭގައި އަދިވެސް ޕެންޑެމިކްގެ ހާލަތު ދެމިއޮތުމުގެ އިތުރުން ބައެއް ގައުމުތަކުގައި މިހާރު ވެސް ކޮވިޑްގެ ހާލަތު ދަނީ ގޯސް ވަމުންނެވެ. އެހެންނަމަވެސް ރާއްޖޭގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި އަދި ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް ބަލިން ރައްކާތެރި ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރެއެވެ.
ޥަރި ހަމައެއްނު ޔޯގާ އަކާ ފްލޯޓު ބުރާ ބާއްވަން ރާވަނީ ކުރީ ފަހަރު ވީގޮތް ހަނދާން ނައްތާލީ . އެއްވެ އުޅުން މިހާރުއްސުރެ މަނާކުރޭ ހެޔޮ ނުވާނެ ކޮންޓްރޯލް ނުވާ ހިސާބަށް ހިނގައިދާނެ.