ޕީޕީއެމްގެ ކައުންސިލްގައި ހުސްވެފައިވާ 12 ގޮނޑި އަށް މެންބަރުން އިންތިހާބު ކޮށްފިއެވެ.

ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި އިންތިހާބުގައި ޕީޕީއެމްގެ ކައުންސިލަށް 12 ފިރިހެން ބޭފުޅަކާއި 5 އަންހެން ބޭފުޅަކު ވަނީ އިންތިހާބުވެފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަޒީރުކަން ކުރެއްވި ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ހިމެނެއެވެ.

ޕީޕީއެމް ކައުންސިލްގެ އިންތިހާބުގައި 12 ގޮނޑި އަށް އިންތިހާބުވި ފަރާތްތައް:

  • އަބްދުﷲ ނާޒިމް އިބްރާހިމް / ބޮޑު ފެންޑާގެ، ޅ. ހިންނަވަރު
  • ތާރިގް އިބްރާހިމް / ގ. ނޫމަރާ ހިޔާ
  • މުހައްމަދު އަމީން(ކެޕްޓަން އަމީން) / މއ. މާންދޫގޭދެކުނުގެ
  • ޑރ. ޖިހާދު / ކުޅި ތުޅާގެ، ސ. ހުޅުދޫ
  • މުހައްމަދު އަބްދުލް ކަރީމް(ރުކުމާ) / ހ. ރުކުމާ
  • ހަމްދާން ޝަކީލް / ދަފްތަރު ނަންބަރ ރސ 3655
  • އަހްމަދު އައިފާން / ހ. މޫންލައިޓް ވެލީ
  • ޑރ. މުހައްމަދު ޝާފިޢީ ޢަބްދުލްމުންނިމް / މ. އަންފާ
  • އަހްމަދު މުހައްމަދު ވަހީދު / ހިޔާ، ގދ. މަޑަވެލީ
  • މުހައްމަދު ވަޖީހް އިބްރާހިމް / ދަފްތަރު ނަންބަރު ރސ 4589
  • މުހައްމަދު މަލީހް ޖަމާލް / ކުނަހަގާލިގެ، ދޫނޑިގަން، ޏ.ފުވައްމުލައް
  • އިބްރާހިމް ރައްޒާން (ޓަކީ) / އޯކިޑް ސ. ހިތަދޫ

ކައުންސިލުން އަންހެނުންނަށް ހާއްސަ 5 ގޮނޑިއަށް ހޮވި މެންބަރުން:

  • ޝެރިން އަބްދުއްސަމަދު (ޝެރީ) / ސަނީޑޭލް، ސ.މަރަދޫ
  • ޖަމީލާ އަލީ ހާލިދު / ހ. ވައިޓް ޑައިމަންޑް
  • ޒީނާޒް އަދުނާނު / ވިއުޕާކް، ޏ. ފުވައްމުލައް
  • އާމިނަތު ނާސިހާ / މ. ބީޗްހެވަން
  • އާމިނަތު ޝިޔާނާ(އާނަ) / މ. ފަތަހަ

މި އިންތިހާބުގައި 64 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައިވާއިރު ވޯޓް ދީފައިވަނީ 51 މީހުންނެވެ.

ސައްހަ ވޯޓްގެ ގޮތުގައި 391 ވޯޓެއް ގިނާފައިވާއިރު ބާތިލް ވޯޓްގެ ގޮތުގައި އެއް ވޯޓު ވަނީ ގުނާފައެވެ.