ނަމާދު ކުރުމަކީ ހަރުކަށި ފިކުރަށް ކުއްޖަކު ތަބާވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ދިވެހި ސަރުކާރުން ހިންގި ވޯކްޝޮޕެއްގައި ކިޔައި ދިން ކަން އެނގިވަޑައިނުގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ރައްޔިތުންގެ މަޖިލިހުގައި ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓްރީ އާއި ކައުންޓާ ޓެރަރިޒަމް ޔުނިޓް ގުޅިގެން ރ. އުނގޫފާރުގައި ސްކޫލު ޓީޗަރުންނަށް ހާއްސަކޮށް ކުރިއަށް ދިޔަ ޕްރޮގްރާމެއްގައި ވަނީ ސްކޫލު ގަޑީގައި ނަމާދު ގަޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ.
އެކަމާ ގުޅިގެން މަޖިލިހުގެ ޖަލްސާގައި މާވަށު ދާއިރާގެ މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ ކަރިކިއުލަމްގެ މައިގަނޑު އަސާސަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަށް ލޯބިކުރާ ހުނަރުވެރި ދަރިވަރުން އުފެއްދުމަކީ މައިގަނޑު އަސާސެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގައި ދަރިވަރުންނަށް ނަމާދު ކުރެވޭނެ ގޮތް އޮންނަނީ ހަމަޖައްސާފައި ކަމަށާއި އަދި ދަރިވަރުން ސްކޫލުތެރޭގައި ނަމާދު ކުރާ ކަން މަޖިލިސް މެމްބަރުންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން ނަމާދު ކުރުމަކީ އިސްލާމް ދީނުގެ ރުކުނެއް ކަމަށާއި އަދި އެކަމަށް ބާރު ވެސް އަޅުއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަފްތާ ރޭހުގައި އެހެން އެކަން ހިނގި ކަމެއް އެނގިފައި ނުވާ ކަމަށާއި އެހެން ނަމަވެސް ސްކޫލު ތެރޭގައި ނަމާދު ކުރުމަކީ ހަރުކަށިކަމެއް ކަމަށް މިނިސްޓަރު ނުބައްލަވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަމާން ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާ އާ އެކު" ނަމުގައި ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގައި ވަނީ ފުރާވަރު އުމުރު ކުދިން ތުނބުޅި ބެހެއްޓުމަކީ ވެސް ހަރުކަށި ފިކުރުގެ އަލާމާތެއް ކަމަށް ބުނެފައެވެ. އަދި އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުމަކީ ވެސް ކުއްޖަކު ހަރުކަށި ފިކުރަށް ބަދަލު ވަމުން އަންނަ ކަމުގެ އަލާމާތެއް ކަމަށް ވަނީ ކިޔައިދީފައެވެ.
ކޮންމެ ސްކޫލެއްގައި ވެސް ނަމާދު ވަގުތައް ކިޔެވުމުން ބްރޭކް އެއްދީ، ސްކޫލް ގެ ފަރާތުން ހުރިހާ ކުދިން ލައްވާ ނަމާދު ކުރުވަން ޖެހޭނެ. ނަމާދަކީ އެންމެ އިސް ކަންތައް.
ޢައުރަ ނިވާ ނުކުރާ މީހުންނަކީ ޤަޞްދުގައި އިސްލާމްދީނުގެ ޙުރުމަތް ކަނޑާމީހުން. އެމީހުންގެ ގާތުގައި އިސްލާމްދީނަށް ކުރެވޭ ފުރައްސާރައާއި ދީނާދުރަށް ދަރިން ގެންދިއުމަށް ހިންގޭ ޙަރަކާތްތަކުގައި ގޯހެއް ނޯންނާނެ، ގޯސްވާނީ އެވާހަކަ ދައްކާ މީހުން. ދީނާއި ފުށުއަރާ ކަންކަމަކީ އެމީހުންގެ ގާތުގައި ރަނގަޅުކަންތައް، އެމީހުންނަކީ އެމީހުން ބޭނުންވާގޮތަށް ކަންކުރާމީހުން، ފާޑުކިޔައިފިނަމަ އެމީހުންގެ ގޮތް ދިފާޢުކުރާނެ، އެމީހުންނަށް އޮންނާނީ އިންސާނީ ޙައްގޭ ކިޔާ އެއްޗެެއް. އިސްލާމްދީނުގެ ޙުދޫދުތަކޭ ކިޔާ އެއްޗެއް އެބައިމީހުންނަކަށް ނޯންނާނެ.
ކޮންކަމެއްތަ އެނގެނީ މިބައިގަޑަށް
ދީނީ ކަންކަމަށް މިނިސްޓަރ ބީރު ކަންފަތެއް އަދި ކަނު ލޮލެއް ދެއްވާ ކަމަށް އިއުތިރާފު އެވަނީ.