ށ. ފޭދޫގައި އަނބިމީހާގެ ބަނޑަށް ވަޅިން ހަމަލާދިން އޭނާގެ ފިރިމީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ 37 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކުރީ ރޭ 9:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

"ދަ ޕްރެސް" އަށް އެރަށު މީހަކު މައުލޫމާތު ދިން ގޮތުގައި މި ދެމެފިރިންގެ ދޭތެރޭގައި ދެބްސްވުން އުފެދުނީ ފައިސާގެ މައްސަލައަކާ ގުޅިގެންނެވެ.

އެ އަންހެން މީހާ ޒަހަމް ވުމާ ގުޅިގެން ހޮސްޕިޓަލަށް އެމީހާ ގެންދިޔައީ ވެސް އެ ފިރިހެން މީހާ ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސް ނޫން ކަމަށަ މައުލޫމާތު ލިބެއެވެ. އަދި އެމީހާ އަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.