އިންޑިއާއަށް މިހާރު ނޭނގޭ ގޮތަށް އެއްވެސް މީހަކަށް އެކައުންޓުގައި ފައިސާ ނުގެންގުޅެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީން މިހެން ވިދާޅުވީ، ޕީޕީއެމް އިން ރޭ ކުރިއަށް ގެންދިޔަ "މަވެސް ޕީޕީއެމް" ޖަލްސާގައި ވާހަކަފުޅު ދައްކަމުންނެވެ.

މިގޮތުން ޔާމިން ވިދާޅުވީ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓާއި އިންޑިއާގެ ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ އެއްބަސްވުން ބަލާލަން ލިބޭނީ އިންޑިއާ އިން ހުއްދަ ދިނުމުން ކަމަށް ފާހަގަކުރައްވައި، ޔާމީން ވިދާޅުވީ، އިންޑިއާ އަށް ނޭނގޭ ގޮތަށް އެއްވެސް މީހަކަށް ރާއްޖޭގެ ބޭންކެއްގެ އެކައުންޓެއްގަައި ފައިސާ ނުގެންގުޅެވޭނެ ކަމަށާއި މިހެން ކަންތައްތައް ވުމަކީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ މަނީ ލޯންޑަރިންނާ ގުޅިގެން ވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން ރަނގަޅު ތަހުގީގެއް ކޮށްފިނަމަ މި ސަރުކާރުގައި މަނީލޯންޑާ ނުކުރާ މީހަކު ނުހުންނާނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑު ހިތަށް އަރާ މި ހާލަތު ބަދަލުވެގެން އަޅުގަނޑުމެން މި މައްސަލަތައް ބަލަން ފެށީމަ މަނީ ލޯންޑާ ކުރީ ކޮންބައެއްކަން އޭރުން އެނގޭނެއޭ. މިތާ ނުހުންނާނެ މަނީ ލޯންޑާ ނުކުރާ މީހެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ގާނޫނު ހެދިފައި ހުރި ގޮތުން ތިމާގެ އެކައުންޓަށް ތިމާއަށް ނޭނގި ފައިސާ ވަދެފި ނަމަ އެ މީހަކު ކުށްވެރިވެގެން ކޮންމެ ދުވަހު ދެ ފަހަރަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެ ކަމަށެވެ. އަދި ގާނޫނު ހެދިފައި ހުރުމުން އެ ގާނޫނު ބޭނުންހާ ގޮތަކަށް ބޭނުންކުރަން ޖާގަ ދެވިގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެ ކުރިން ވާހަކަ ދައްކަވަމުން ޔާމީން ވަނީ އިންޑިއާ އާ އެކު ހަދާފައިވާ ހުރިހާ އެގްރީމަންޓެއް ޕީޕީއެމް ވެރިކަމެއްގައި ބާތިލް ކުރާނެކަމަށެވެ. އެ އެގްރީމަންޓުތަކުގައި ފޮރުވާފައި ހުރި ކަންކަން އެބަހުރި ކަމަށާއި އެކަންކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ޔާމީން ވިދާޅުވެއެވެ.

ޔާމީން ދިވެހި ސަރުކާރާއި، އިންޑިއާއަށް ތުހުމަތުތައް ކުރައްވާ މަނީލޯންޑަރިންގެ ދެއްކެވި އިރު، އެމަނިކުފާނުގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށް ސާބިތުގެ ޔާމީންގެ މަންޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި މިޙާރު ސްޕްރީމް ކޯޓާ ހަމައިން މިނިވަން ވެވަޑައިގެންފައި ހުންނެވި ނަމަވެސް، މަނީލޯންޑަރިންނާ ގުޅޭ އިތުރު 2 މައްސަލަ މިހާރުވެސް ދަށުކޯޓުގައި ހިނގަމުން އެބަދެއެވެ.