ސްޓޫޑެންޓް ލޯން 393 ދަރިވަރަކަށް ލިބިފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އިއުލާނު ކުރި ލޯން ސްކީމްގެ ވަގުތީ ނަތީޖާ މިހާރު އިއުލާނުކޮށްފައިވާއިރު އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް 720 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިގޮތުން މިލޯނު އެދި 1،000 ދަރިވަރުން ކުރިމަތިލާފައިވާއިރު އޭގެ ތެރެއިން ލޯނު ލިބިފައިވަނީ 393 ދަރިވަރުންނަށެވެ.

ލޯނު ދޫކުރި ދާއިރާތަކާއި ދޫކުރި އަދަދު:

  • އެމްބީބީއެސް އަށް 25 ފުރުސަތު ދޫކޮށްފައި ވާއިރު އެ ދާއިރާއަށް 129 ދަރުވަރުން ކުރިމަތިލި.
  • ޕައިލެޓްކަން ކިޔެވުމަށް 252 ދަރިވަރަކަށް ދޫކޮށްފައި ވާއިރު އެ ދާއިރާއަށް 252 ދަރުވަރުން ކުރިމަތިލި.
  • ޕީއެޗްޑީއަށް ކިޔެވުމަށް 31 ދަރިވަރަކު ކުރިމަތިލި

މި ސްކީމްގެ ވަގުތީ ނަތީޖާ އިއްޔެ އިއުލާނުމުރުމަށްފަހު، ވަގުތީ ނަތިޖާއާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 2ގެ ނިޔަލަށް އޮންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.