މިއަހަރުގެ ފިތުރު އީދުވާ ހޯމަ ދުވަސް (މާދަމާ) ބޮޑު ޖަމާއަތުގެ އިތުރުން މާލެ ސަރަހައްދުގެ 27 މިސްކިތެއްގައި އީދު ނަމާދު ކުރާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، އިދު ނަމާދު ކުރުމަށްޓަކައި އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަރުވެސް ވަކި މިސްކިތްތަކާއި މައިދާންތަކެއް ކަނޑައަޅާފައި ވާ ކަމައެވެ.

މާލެ ސަރަހައްދުގައި އީދުގެ ބޮޑު ޖަމާއަތް އޮންނާނީ، މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި، ވިލިމާލޭ ފުޓްބޯޅަދަނޑުގެ އިތުރުން ހުޅުމާލޭގެ ސްޓޭޑިއަމް ސަރަހައްދުގައެވެ. ބޮޑު ޖަމާއަތުގެ އިތުރުން އީދު ނަމާދު ކުރާނެ މިސްކިތްތައް؛

  • މަސްޖިދުއް ސުލްތޯން މުހައްމަދު ތަކުރުފާނުލް އަޢުޒަމް
  • މަސްޖިދު މަލިކި ސަލްމާން
  • މަސްޖިދުއް ސުލްތޯން މުހައްމަދު ބިން އަބްދިﷲ
  • މަސްޖިދުލް ފުރްގާން
  • މަސްޖިދުއް ނޫރު
  • މަސްޖިދުއް ޝަހީދު އަލީ
  • މަސްޖިދުއް ސުލްތޯން ހަސަން އިއްޒުއްދީން
  • މަސްޖިދުއް ސުލްތޯން މުހައްމަދު ފަރީދުލް އައްވަލް
  • މަސްޖިދުއް ޝަހީދު އަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއް ސުލްޠާން މުހައްމަދު ޝަމްސުއްދީން
  • މަސްޖިދު ސޮލާހުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް (އިބްރާހީމީ މިސްކިތް)
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް (ބޮޑުގެ)
  • މަސްޖިދުއް ސުލްތޯން މުހައްމަދު ޢިމާދުއްދީން
  • މަސްޖިދުއް ޝައިހު މުހައްމަދު ޖަމީލްދީދީ
  • މަސްޖިދު ޢަފީފުއްދީން
  • ޒިޔާރަތް މިސްކިތް
  • މަސްޖިދުލް ބިއްރި (ވިލިމާލެ)
  • މަސްޖިދުއް ޝައިހު ގާސިމް ބިން މުހައްމަދު އާލް ސާނީ (ހުޅުމާލެ)
  • ހުޅުމާލެ ވަގުތީ މިސްކިތް (ނޭބަރހުޑް 3)
  • މަސްޖިދު އަބީބަކްރިނިއް ސިއްދީގު (ހުޅުމާލެ ފޭސް 2)
  • މަސްޖިދު އުސްމާނު ބިން އައްފާން (ހުޅުމާލެ ފޭސް 2)
  • މަސްޖިދު އަމީލް ޖަލީލް (ހުޅުމާލެ ފޭސް 2)
  • މަސްޖިދުއް ސަބީލް (ހުޅުލެ)
  • މަސްޖިދުލް އިންތިސޯރު (ހުޅުލެ)

މާދަމާ އީދު ނަމާދު ކުރުމަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 3 ސަރަހައްދެއް ހަމަޖައްސާފައި އޮތް ނަމަވެސް މޫސުން ގޯސްވެ ވިއްސާރަ ވެއްޖެ ނަމަ ބޮޑު ޖަމާއަތުގެ ބަދަލުގައި، މާލެ ސަރަހައްދުގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.