ޗައިނާގެ ފަސް ސްކޮލަޝިޕް ފުރުސަތަކަށް ކުރިމަތިލާން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިނިސްޓްރީން ބުނީ، ޗައިނާގެ ޔުނާން ޕްރޮވިންޝަލް ސަރުކާރުގެ ފަރާތުން ލިބުނީ ޕީއެޗްޑީ އަށް ކިޔެވުމުގެ އެއް ފުރުސަތާއި ބެޗްލާސް ޑިގްރީގެ 2 ފުރުސަތުގެ އިތުރުން މާސްޓާސް ޑިގްރީ 2 ސްކޮލަޝިލް ކަމަށެވެ.

މި ސްކޮލަޝިޕްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

މިނިސްޓްރީން ބުނީ މި ސްކޮލާޝިޕަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭނެ ކަމަަށެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އިން އިތުރަށް ބުނީ ރާއްޖޭގެ މަތީ ތައުލީމުގެ ދާއިރާ ހަރުދަނާކޮށް ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ސްކޮލާޝިޕްގެ ފުރުސަތުތައް ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.