ރަށްރަށުގައި ގޭދޮށު މަސް ޕްލާންޓް ހަދަނީ ކޮންއިރަކުންތޯ ބެލުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާޒިރުކުރުމަށް މަޖިލީހަށް ހުށަހަޅައިފިއެވެ.
އެ ހުށައެޅުނުން ހުށައެޅީ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.
ޒާހިރު މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ވަޒީރުންނާއި ސުވާލު ކުރުމުގެ ނޯޓިސްގައި ބުނެފައި ވަނީ ގޭދޮށު މަސް ޕްލާންޓް ހަދާ ހިންގުމަކީ އެމްޑީޕީގެ ވައުދުގައި ހިމެނޭ ކަމެއް ކަމަށާއި އެއީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނި ބަލައިގަނެފައިވާ ކަމެއް ކަމަށެވެ.
ގައްދޫ ކައުންސިލުން އިއުލާނެއް ކުރުމުން ބޭރުގެ ފަރާތަކުން ގައްދޫ ކައުންސިލާއެކު ގޭދޮށު މަސްފެކްޓްރީއެއް ހިންގަން ތައްޔާރުގެ ތިބިކަމަށް އެ ފަރަތާކުން ބުނެފައިވާ ކަމަށާއިއެކަން ވިޔަނުދީ ސަރުކާރުން ހިފަހައްޓަނީ ކޮން ސަބަބަކާއި ގުޅިގެންތޯ ޒާހިރު ވަނީ ސުވާލުކުރައްވާފައެވެ.
މީގެ އިތުރުން މަސް ފެކްޓްރީ ސިޔާސަތު ބަދަލު ކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވަން މިނިސްޓަރު އަމީރު ގަސްތު ކުރައްވަންތޯ ވެސް ޒާހިރު ވަނީ ސުވާލު ކުރައްވާފައެވެ.