މި ރޯދަމަހު ކޮންމެ ދުވަހަކުވެސް ހިލޭ ރޯދަވީއްލުމެއް ލިބޭ "ދަ ޕްރެސް ރޯދަ ކްއީޒް" މި ވީ 12 ދުވަސް ތެރޭގައި 4000 އަށް ވުރެ ގިނަ މީހުން ކުޅެފިއެވެ.

އާންމު މައުލޫމާތުގެ 5 ސުވާލަކަށް ޖަވާބު ދީގެން ކޮންމެ ދުވަހަކު "ފްޑްބޭންކް މިލޭނިއަމް" އިން ރޯދަ ވީއްލުމެއް ހޯދުމުގެ މިފުރުސަތުގައި މިހާތަނަށް ބައިވެރިވެ ކުޅުނު މީހުންގެ ތެރޭގައި މާލެއާއި އަތޮޅުތަކުގެ ގިނަ އަދަދެއްގެ މީހުން ހިމެނެއެވެ. މިހާތަނަށް އެންމެ އަވަހަށް 5 ސުވާލު ރަނގަޅު ކުރި ކުޅުންތެރިޔާ ވަނީ އެތައް ފަހަރަކު ކުޅެ 3 ސިކުންތުގެ ތެރޭގައި 5 ސުވާލަށް ރަނގަޅު ޖަވާބު ދީފައެވެ.

ކޮންމެ ދުވަހަކު ފެންނަ 5 ސުވާލަކީ ރޭންޑަމް ކޮށް (ބަދަލުވަމުން ދާ) 5 ސުވާލެވެ. ރާއްޖޭގެ ޖިއޮފްރަފީއާއި، އާންމު މައުލޫމާތާއި، ދުނިޔޭގެ ތާރީހާއި ހިނގަމުންދާ އަދި ފަހުގެ ތާރީހުގައި ހިނގާފައި ހުރި ކަންކަމުގެ މައްޗަށް އެކުލަވާލާފައިވާ ސުވާލާއި ޖަވާބުތަކަކީ ކިޔުންތެރިންނަށް ފަސޭހަ ސުވާލާއި ޖަވާބެވެ.

އާއިލީ ރޯދަ ވީއްލުމާއި، ވަކިވަކި ފަރުދުންނާއި، ގްރޫޕުތަކަށް ރޯދަ ވީއްލޭ ހިތްގައިމު މާހައުލެއް އޮތް، ކާއެއްޗެހި މީރު، ފްޑްބޭންކުގެ ރޯދަ މެނޫގެ ރަހަތަށް ބަލާލުމަށް ލިބޭ މިފުރުސަތު ރޯދަ މަސް ނިމެންދެން ލިބޭނެއެވެ.

ފްޑްބޭންކްގެ ރޯދަ މެނޫއިން އިހުތިޔާރު ކުރާ ޕެކޭޖެއް 10 މީހުންނަށް ބްކް ކޮށްގެން 1 ޕެކް (އެކަކުގެ ރޯދަވީއްލުން) ހިލޭ ލިބޭ ފުރުސަތުވެސް އެ ރެސްޓޯރަންޓުން ދެއެވެ. މީގެ އިތުރުން ހާރަށް ހާއްސަކޮށް ތައްޔާރުކޮށްފައި ވާ ގަރުދިޔައާއި ފިހުނުމަސް ހިމެނޭ ހާރު ޕްކް ވެސް ލިބެން ހުރެއެވެ. ޑައިން އިން އަދި ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތްވެސް ފްޑްބޭންކުން ދެއެވެ.

ފްޑްބޭންކްގެ ރަހަތަށް ބަލާލުމަށް 3307770 ނުވަތަ 3323665 އަށް ގުޅާލާށެވެ.