ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާކެޓުގައި ރޭ ހުޅުވައިފިއެވެ.

ޔޫރަޕްގެ މޭކަޕް ބްރޭންޑެއް ކަމަށްވާ ނޯޓްގެ މޮނޯ އައުޓްލެޓެއް ހުޅުވައިދެއްވީ އެކަމަށްޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދާއި، އެ ކުންފުނީގެ ބޯޑު މެންބަރު އައިމިނަތު ރުޝްމާ ޖަލީލެވެ.

އެ ރަސްމިއްޔާތުގައި ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓްގެ ތަޅުދަނޑި އެސްޓީއޯ އާ ހަވާލުކޮށްފައިވާއިރު، އެސްޓީއޯގެ އެމްޑީ އަމްރު އާ އެ ތަޅުދަނޑި ހަވާލުކޮށްދެއްވާފައި ވަނީ ނޯޓް ކުންފުނީގެ ރީޖަނަލް މެނޭޖަރު ސުހާނެވެ.

ނޯޓް ކޮސްމެޓިކްސްގެ އުފެއްދުންތައް ތައްޔާރުކުރަނީ ގޮތް ނޭނގޭ މާއްދާތަކުން އެއްކިބާވެ، ހަލާލް ސެޓްފިކެޓުގެ ދަށުން، ފައިދާ ހުރި ގުދުރަތީ މާއްދާ ބޭނުންކޮށްގެން ކަމަށް، ނޯޓް ކުންފުނިން ބުނެއެވެ.

ނޯޓް ކޮސްމެޓިކްސްގެ މޮނޯ އައުޓްލެޓެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުކެގައި ހުޅުވާފައިވާއިރު، އެ ތަނަށް ބޮޑެތި ބަދަލުތައް ގެނެސް އަލުން ހުޅުވާފައިވަނީ މިމަހުގެ 15 ގައެވެ. ޒަމާނީ ކޮންސެޕްޓަކަށް ހުޅުވި ޕީޕަލްސް ޗޮއިސް ފިހާރައިގައި ތަފާތު އަށް ވިޔަފާރިއަކަށް ޖާގަ ދޫކޮށްފައިވެއެވެ.