މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން 02 ފަރާތަކާއި އެކު ނޭޝަނަލް ޓްރޭޑް ޓެސްޓިން ޕްރޮގްރާމް ހިންގުމަށް ކޮލިޓީ އެޝުއަރެންސް ފަހުމުނާމާގައި ސޮއި ކޮށްފިއެވެ.
އެމްއެންއެސްޑީއޭއިން ބުނީ ޒިކުރާ އިންޓާނޭޝަނަލް ކޮލެޖް އަދި ވިލާ ކޮލެޖް އަށް ޓްރޭޑް ޓެސްޓިން ސެންޓަރު ރަޖިސްޓްރޭޝަން ސެޓްފިކެޓް ހަވާލްކޮށް ޓްރޭޑް ޓެސްޓިންގް ކުރިއަށް ގެންދިއުމުގެ ހުއްދަ ދީފައި ކަމަށެބެ.
ހުނަރުގެ ރަސްމީ ތަމްރީނުގެ ތެރެއިން ސެޓްފިކެޓެއް ނުލިބި ފަންނީ މަސައްކަތުގައި ގިނަ ދުވަހު ދެމިތިބޭ ދިވެހި ރައްޔިތުންނަށް ހުނަރުގެ ރަސްމީ ސަނަދެއް ހޯދޭނެ ނިޒާމް އެމްއެންއެސްޑީއޭއިން ގާއިމްކޮށްފައިވާ ކަމަށް އެއޮތޯރިޓީން ބުނެއެވެ.
މިގޮތުން އެ އޮތޯރިޓީން ހިންގާ ނެޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސާޓިފިކޭޝަން ޕްރޮގްރާމްގެ ދަށުން، ވަޒީފާއަށް ބޭނުންވާ ފަންނީ ހުނަރު ހުރިތޯބެލުމަށް ގައުމީ އިމްތިހާނެއްދީ އެ އިމްތިހާނުން ފާސްވާ މީހުނަށް ގައުމީ ސަނަދު ނުވަތަ ނެޝަނަލް ސެޓްފިކެޓެއް ދޭނެ ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.
އެމްއެންއެސްޑީއޭ އިން ބުނީ، މިގޮތަން ދެވޭ ގައުމީ އިމްތިހާން ނުވަތަ ނޭޝަނަލް އެސެސްމަންޓް ދެވޭނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ނޭޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑް ތަކުގައި ކަނޑައަޅާފައިވާ އެންމެހާ ކޮމްޕީޓެންސީތައް ހާސިލުވެފައިވާކަން ކަށަވަރުކޮށްފައި ކަމަށެވެ.