ރަޝިއާއިން ދެންމެ ދެންމެ އަރާ ހިފާފާނެ ހާލަތެއް އޮތް ޔޫކްރައިންގައި ނާދެވިފައި އަދިވެސް 20 ދަރިވަރުން އެބަތިބި ކަމަށް "ދަ ޕްރެސް" އަށް މައުލޫމާތު ލިިއްޖެއެވެ.

ރޭ ފަތިހު ބާރުގަދަ ގޮތުންތަކެއްގެ އަޑާއެކު ސިހިފައި ތިބި ދަރިވަރުން ބުނީ، އެ ދަރިވަރުން ތިބި ސަރަހައްދާ 10 ވަރަކަށް ކިލޯމީޓަރު ދުރުން ބާރުގަދަ ގޮވުންތައް ގޮވާ މަންޒަރު ފެނުނު ކަމަށެވެ. ދިވެހި ދަރިވަރުން ތިބީ، ރަޝިއާ ސިފައިން ޖަމާވެގެން ތިބި ޑޮމްބާސްއާ އިންވެގެން އޮންނަ ކަރްކީވް ގައެވެ.

އެ ދަރިވަރުންގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނީ، ބާރު ގޮވުންތަކާއެކު ހޭލެވުނީ ފަތިހު 5 ޖަހާ ހާއިރު ކަމަށާއި، އެ ގޮތުންވައް ގޮވަފައި ވަނީ ބޮރީސްފިލް އެއާޕޯޓާ މާދުރުގައި ނޫން ކަމަށެވެ. ބޮރީސްފީލް އެއާޕޯޓަކީ ކިއޭވްއާ 29 ކިލޯމީޓަރު ދުރުގައި އޮންނަ ޔޫކްރައިންގެ އެންމެ ބޮޑު އެއާޕޯޓެވެ.

https://youtu.be/0Q1qdq0GERQ

ޔޫކްރައިންގެ ވައިގެ ސަރަހައްދު ބަންދު ކޮށްފައި އޮތުމުން އެއްވެސް ފްލައިޓެއްގެ ހިލަމެއް ނުވާއިރު، ކަރްކޯވްގައިވެސް ގޮވުންތަކެއް ގޮވާފައި ކަމަށް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ވަގުތު ޔޫކްރައިންގެ ކަރްކޯވްގައި ތިބި ދަރިވަރުންގެ ތެރެއިން 25 ދަރިވަރަކު މިއަދު ރާއްޖެ އަންނާނެއެވެ. އެ ސިޓީގައި އަދިވެސް 5 ދަރިވަރަކު ތިބި އިރު، ރޫކްރައިންގެ އެކި ހިސާބުތަކުގައި ވިސާގެ ކަންކަން ހަމަ ނުޖެހި 20 މީހަކު އެބަ ތިއްބެއެވެ. ކަރްކީވްގައި ތިބި 5 ދިވެހިންގެ އިތުރުން ބާކީ ތިބި 15 މީހުން ތިބީ އިވާނޯގައެވެ.