މިއަދު 648 މީހަކު ޕޮޒިޓިވް ވެފައިވާ އިރު، މާލެއިން މިއަދު ކޮވިޑް ޖެހުނީ 70 މީހަކަށެވެ.

އެޗްޕީއޭއިން ބުނީ މިއަދު 3365 ސާމްޕަލް ނެގި ކަމަށާއި އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 919 ސާމްޕަލް ހިމެނޭ ކަމަށެވެ. މާލެ ސަރަހައްދުން ވަނީ ނެގި ސާމްޕަލްގެ 8 ޕަސެންޓް ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާއިރު ޖުމްލަ 648 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވި 70 މީހަކާއި ރަށްރަށުން ޕޮޒިޓިވްވި 485 މީހަކު ހިމެނޭއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 63 މީހެކެވެ.

ޕޮޒިޓިވްވާ އަދަދު މަދުވަމުން އަންނައިރު ހޮސްޕިޓަލުގައި ކޮވިޑް ޖެހިގެން އެދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. މިހާރު 26 މީހަކަށް ފަރުވާދެމުން އަންނަ އިރު މިދިޔަ ޖެނުއަރީ މަސްތެރޭގައި އެ އަދަދު ވަނީ 60 އަށް ވުރެ މައްޗަށްވެސް އަރާފައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 164،229 މީހަކަށް ކޮވިޑް ބަލި ޖެހިފައިވާއިރު މި ބަލީގައި 290 މީހަކު ވަނީ މަރުވެފައެވެ.