މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 1096 އަށް ދަށްވެފައިވާ އިރު، މާލެ ސަރަހައްދުން ޕޮޒިޓިވް ވީ 338 މީހުންނެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 4320 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 1767 އެވެ. މިއަދު މާލެއިން 338 މީހުން ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 19 ޕަސެންޓަށް ދަށްވެފައެވެ.

މިއަދުގެ ޖުމްލަ ޕޮޒިޓިވް ކޭސް: 1096

  • މާލެ ސަރަހައްދު: 338
  • އަތޮޅު ތެރެއިން: 549
  • ރިސޯޓްތަކުން: 77

މިހާރު ކޭސްތައް މަދުވަމުން އަންނަ އިރު ޓެސްޓު ކުރާ ސާމްޕަލްތައް ވެސް މަދުކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން މި ވަގުތު ޕޮޒިޓިވްވާ މީހުން މަދުވަމުން މި އަންނަނީ ބަލީގެ އަލާމާތް ހުރެ ނުވަތަ ކޮންޓެކްޓުންގެ ގޮތުގައި ފެންނަ މީހުން ކޮވިޑަށް ޓެސްޓު ކުރުމް މަދުވާތީ ކަމަށް ބެލެވެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 154،511 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 60 މީހަކަށް އަންނަނީ ކޮވިޑް ޖެހި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ. މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 286 އަށް އަރާފައެވެ.