މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 1757 މީހުންނާ އެކު މިހާރު އެކްޓިވް ކޭސް 17169 އަސް އަރައިފިއެވެ. މިއާއެކު މި މަހު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 11457 އަށް އަރާފައެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 5792 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 2563 އެވެ. މިއަދު މާލެއިން 628 މީހުން ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 25 ޕަސެންޓަށް ދަށްވެފައެވެ.

މިއަދުގެ ޖުމްލަ ޕޮޒިޓިވް ކޭސް: 1757

  • މާލެ ސަރަހައްދު: 628
  • އަތޮޅު ތެރެއިން: 815
  • ރިސޯޓްތަކުން: 133

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 150،337 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 52 މީހަކަށް އަންނަނީ ކޮވިޑް ޖެހި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 701 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 283 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއަހަރު މި ބަލީގައި 21 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް ހަލާތު މިހާރު އޮތް ގޮތަށް ބާލައިރު ރާއްޖޭގެ ގިނަ ރަށަކުން ކޮވިޑް ބަލި ވަނީ ފެތުރެން ފަށާފައެވެ. އެ ގޮތުން މިއަދާ ހަމައަށް އައި އިރު ޖުމްލަ 40 ރަށެއް ވަނީ މޮނިޓަރުިންގެ ހާލަތަށް ލާފައެވެ. އޭގެތެރޭގައި ހިމެނެނީ މިދިޔަ ޑިސެމްބަރު މަހު މޮނިޓަރިން ހާޚަތަށް ލާފައިވާ 2 ރަށަކާއި ޖެނުއަރީ މަހު މޮނިޓަރިން ހާލަތަށް ލާފައިވާ 31 ރަށަކާއި މި މަހު މޮނިޓަރިންއަށް ލީ 7 ރަށެކެވެ.

މިހާތަނަށް ކޮވިޑްގެ ހާޅަތަށް ބަލާއިރު، އެންމެ ގިނަ ބަޔަކު ކޮވިޑް ބަލި ޖެހުނު މަހަކަށް ރިކޯޑްތަކުން ދައްކަނީ 37588 މީހުންނަށް ކޮވިޑް ޖެހުނު މިދިޔަ ޖެނުއަރީ މަހެވެ. އެ މަހު ކޮވިޑް ބަލީގައި 14 މީހަކު ވަނީ މަރުވެފައެވެ.