އިއްޔެ ރާއްޖެއިން ކޮވިޑް ބައްޔަށް 2838 މީހަކު ޕޮޒިޓިވް ވެ، މި މަހު ކޮވިޑް ޖެހުނު ޖުމްލަ އަދަދު 40،426 އިން މައްޗަށް އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7394 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 3615 އެވެ. އިއްޔެ މާލެއިން 1295 މީހުން ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 36 ޕަސެންޓަށް އަރާފިއެވެ.

އިއްޔެގެ ޖުމްލަ ޕޮޒިޓިވް ކޭސް: 2838

  • މާލެ ސަރަހައްދު: 1295
  • އަތޮޅު ތެރެއިން: 1066
  • ރިސޯޓްތަކުން: 49
  • ލިވަ ބޯޑުން: 4

މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 17،589 އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 136،126 އަށް އަރާފައެވެ. އަދި މި ވަގުތު 53 މީހަކަށް އަންނަނީ ކޮވިޑްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 275 އަށް އަރާފައެވެ.

2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.