މިއަދު ރާއްޖެއިން ކޮވިޑް ބައްޔަށް 2707 މީހަކު ޕޮޒިޓިވް ވެ، މި ވަގުތު ކޮވިޑް ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދު 15721 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7681 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، މާލެ ސަރަހައްދުން ޓެސްޓު ކުރި ސާމްޕަލްގެ އަދަދަކީ 4237 ސާމްޕަލެވެ. މި ވަގުތު މާލެއިން 1420 މީހުން މިއަދު ޕޮޒިޓިވް ވެފައިވާ އިރު މާލެ ސަރަހައްދުގެ ޕޮޒިޓިވްވާ ރޭޓް މި ވަނީ 33 ޕަސެންޓަށް އަރައިފިއެވެ.

މިއަދުގެ ޖުމްލަ ޕޮޒިޓިވް ކޭސް: 2707

  • މާލެ ސަރަހައްދު: 1420
  • އަތޮޅު ތެރެއިން: 761
  • ރިސޯޓްތަކުން: 94
  • ލިވަބޯޑުން: 3

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 120168 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 52 މީހަކަށް އަންނަނީ ކޮވިޑް ޖެހި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 688 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 270 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް 24 ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ 8 މީހެކެވެ.

ވޭތުވެ ދިޔަ ހަ މަސް ދުވަހުގެ ކޮވިޑް ކޭސްތަކުގެ ތަފްސީލް!

  • އޮގަސްޓް 2021: 3680 ކޮވިޑް ކޭސް 5 މަރު
  • ސެޕްޓެމްބަރު 2021: 3697 ކޮވިޑް ކޭސް 5 މަރު
  • އޮކްޓޯބަރު 2021: 2975 ކޮވިޑް ކޭސް 12 މަރު
  • ނޮވެމްބަރު 2021: 3866 ކޮވިޑް ކޭސް 7 މަރު
  • ޑިސެމްބަރު 2021: 4050 ކޮވިޑް ކޭސް 12 މަރު
  • ޖެނުއަރީ 2022 މިއަދާ ހަމައަށް: 24468 ކޮވިޑް ކޭސް 8 މަރު

ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވަނީ މިއަދާ އެކު މި ވޭތުވެދިޔަ ހަތަރު ދުވަހެއްގައެވެ ދުވަހުއެވެ. އިއްޔެ 2484 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެ ކުރީ ތިން ދުވަހު 2349، 1697، 2137 މީހަކު ޕޮޒިޓިވް ވެފައިވަ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މިއާއެކު މި މަހު ޖުމްލަ ވަނީ 24468 އަށް އަރާފައެވެ.

ރާއްޖެއިން އޮމިކްރޯން ފެނިފައިވާ އިރު މިހާތަނަށް 74 ކޭސް އެއް ފެނިފައިވާ އިރު، އޮމިކްރޯން ކޭސްތައް ފެނުނު ރަށްތަކުގެ ތެރޭގައި މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، ކ. ތުލުސްދޫ ހިމެނެއެވެ. މި ވަގުތު ކޮވިޑް ފެތުރެމުން އަންނާތީ 25 ރަށެއް ވަނީ މޮނިޓަރީންގެ ހާލަތަށް ލާފައެެވެ.