އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަކުރައްވައި ކުރެއްވި ޓްވީޓެއްގައި ޔުމްނާ ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވިކަން އެނގިވަޑައިގަތުމާއެކު، މިވަގުތު ހުންނެވީ ގޭގައި ކަމަށެވެ.

އެއާއެކު، ޔުމްނާ ވަނީ ކޮވިޑުން އަރައިގަތުމަށްޓަކައި އަދި ކޮވިޑުގެ ބަލިމަޑުކަން ފެތުރުނަ ނުދިނުމަށްޓަކައި އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވާއިރު، އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި، އެކަމަނާގެ މަންމާފުޅު ނަސްރީނާ އިބްރާހީމަށްވެސް މީގެ ކުރިން ކޮވިޑު ޖެހިފައި ވެއެވެ.

ހަމަ އެއާއެކު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، އެހެންވެ މިވަގުތު ހުންނެވީ އެކަހެރިވެ ވަޑައިގެން ކަމަށް އިއްޔެ އެމަނިކުފާނު ވަނީ ހާމަ ކުރައްވާފައެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން ދާއިރު، މިދިޔަ ތިން ދުވަހުވެސް އެވަރެޖްކޮށް 2،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑު ޖެހި، އެކްޓިވް ކޭސްތައް 11،000 އަށް ވުރެ އިތުރުވެފައި ވެއެވެ.