ބައިނަލްއަގުވާމީ ހައި ސްކޫލްތަކުގެ ދެކުނު އޭޝިއާ ކެޓަގަރީން މިފަހަރުވެސް ޒައިދު ސަސްޓެއިނަބަލިޓީ އެވޯޑު، އައްޑޫ ހިތަދޫގެ ހިރާ ސްކޫލަށް ލިބިއްޖެއެވެ.

ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ، އެ ގައުމުގެ ބާނީ އަލްމަރްހޫމް ޝައިހް ޒައިދު ބިން ސުލްތާން އަލް ނަހްޔާނުގެ ހިދުމަތްތަކަށް ނިސްބަތްކޮށް ސަސްޓެއިނަބަލިޓީ ދާއިރާއިން ޔޫއޭއީން ދޭ އިނާމެކެވެ.

މިއީ މި އެވޯޑު އެ ސްކޫލަށް ލިބުނު ދެވަނަ ފަހަރެވެ.

https://fb.watch/aB6LTN6trV/

މި. ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި މިވަގުތު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީގައި ހުންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހިރާ ސްކޫލުގެ ދަރިވަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.

2010 ވަނަ އަހަރުން ފެށިގެން ކިޔަވައިދެމުން ގެންދާ ހިރާ ސްކޫލަށް މި އެވޯޑު ލިބިފައިވަނީ މި ސަރަހައްދުގެ ގައުމުތަކުގެ ބޮޑެތި ސްކޫލްތަކާ ވާދަކޮށްގެންނެވެ.