އައްޑޫ ސިޓީން އިތުރު 62 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް އެކްޓިވް ކޭސް 300 އިން މައްޗަށް އަރައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 62 ކޭސްގެ ތެރެއިން 28 ކޭސް ފެނިފައި ވަނީ ހިތަދޫ އިން ކަމަށެވެ.

މީގެ އިތުރުން ފޭދޫން 9 ކޭސް ފެނިފައި ވާއިރު މީދޫން 8 ކޭސް، ހުޅުދޫން 5 ކޭސް، މަރަދޫފޭދޫން 4 ކޭސް އަދި މަރަދޫން 2 ކޭސް ވަނީ ފެނިފައެވެ.

އެކްޓިވް ކޭސްތަކަށް ބަލާއިރު ކޭސް އެންމެ ގިނައީ ހިތަދޫގައެވެ. އެއީ 146 އެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 15 ކޭސް، ފޭދޫގައި އެކްޓިވް 34 ކޭސް، މަރަދޫގައި 6 ކޭސް އަދި މީދޫގައި 55 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. މިއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 304 އަށް އަރާފައެވެ.

އައްޑޫން މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން އެކަކަށް ފަރުވާދެމުން އަންނައިރު އައްޑޫން ކޮވިޑު ޖެހިގެން މިހާތަނަށް 14 މީހަކު ވަނީ މަރުވެފައެވެ.