ރާއްޖޭގައި ދިރިއުޅޭ ބޭރުގެ މީހުންނަށް ހާއްސަކޮށްގެން ދިރާގުން "ހެލޯ ޕްރީޕެއިޑް"ގެ ނަމުގައި މުޅިން އާ ޕްރީޕެއިޑް ޕްލޭނެއް ތައާރަފު ކޮށްފިއެވެ.

ހެލޯ ޕްރިޕެއިޑްގެ ނަމުގައި މިއަދު ތައާރަފު ކުރި ޕްލޭނަކީ ރާއްޖޭގައި ދިރިއުޅޭ އިންޑިއާ، ލަންކާ، ފިލިޕީންސް، ނޭޕާލް، ތައިލެންޑް އަދި ޗައިނާގެ ރައްޔިތުންނަށް ހާއްސަ ޕްލޭނެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ އެ ހަ ގައުމަށް ނިސްބައްވާ މީހަކު ދިރާގުގެ ހެލޯ ޕްރިފެއިޓް ޕްލޭން ނަގައިފިނަމަ ހާއްސަ އޮފާތައް މުޅި އަހަރު ލިބޭނެ ކަމަށެވެ.

ދިރާގުން އިތުރަށް ބުނީ ހެލޯ ޕްރިޕެއިޑް ޕްލޭން ނަގާ ހުރިހާ ފަރާތްތަކަށް ކޮމްބޯ ޕްލޭން އެކްޓިވޭޓް ކުރުމުން 25 ޕަސެންޓުގެ އިތުރު އެލަވެންސް މާޗު މަހުގެ 31 ގެ ނިޔަލަށް ލިބޭނެ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގެ ސޭލްސް އެޖެންޓުންނާއި ކަސްޓަމާ ސާވިސް ސެންޓަރުތަކުން ހެލޯ ޕްރިޕެއިޑް ސިމް ލިބެން ހުންނާނެ ކަަމަށާއި ޕްރިޕެއިޑް ސިމް މިހާރު ވެސް ބޭނުން ކުރާ ފަރާތްތަކުން ކެޕިޓަލް އަކުރުން "ޕީކޭޖީ ހެލޯ" ޖެހުމަށްފަހު 444 އަށް މެސެޖު ކުރުމުން ޕްލޭން ބަދަލުވާނެ ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.