ގުޅިފަޅުން ފްލެޓް ލިބުނު މީހުންގެ ތެރެއިން ހިޔާ ފްލެޓަށް ބަދަލުކުރަން އެދިފައިވާ މީހުންނަށް ފްލެޓް ދިނުމަށްޓަކައި ގުރުއަތުލުން މިއަދު ބާއްވަން އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، މިއަދު ގުރުއަތު ނަގަނީ ގުޅިފަޅުން ހިޔާއަށް ބަދަލުވާ ހަތް މީހަކާއި، ފްލެޓް ލިބުނު މީހުންގެ ތެރެއިން ތިރީ ފަންގިފިލާ ހަމަޖައްސައިދޭން އެދިފައިވާ މީހެއްގެ ކަމަށެވެ. ތިރީ ފަންގިފިލާ ހަމަޖައްސައިދޭން އެދިފައިވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހެކެވެ.

އެ އަށް މީހުންގެ ގުރުއަތުލުން މިއަދު 12 ޖަހާއިރު ނަގާއިރު، ގުރުއަތުލުން ކުރިއަށް ދާނީ އައިޑީކާޑު ނަންބަރުގެ ތަރުތީބުންނެވެ.

އަދި ގުރުނަގާ މީހުންގެ އަދަދު މަދުވުމުން، ގުރުއަތުލުން ބާއްވާނީ އެ މީހުން ހާޒިރުކޮށްގެން ކަމަށް އެޗްޑީސީން ބުންޏެވެ.

މި ގުރުއަތުލުން އެޗްޑީސީގެ ފޭސްބުކް ޕޭޖުން ވަގުތުން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.