ދިވެހިންނާއި ބޭރުގެ ގިނަ ބަޔަކު ހިމެނޭ ހިއުމަން ޓްރެފިކިން މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ:
- މުހައްމަދު ވަހީދު، 65 އަހަރު / ހ. ސީސްޕީޑް
- މޫސާ ފަތުހީ، 55 އަހަރު / ރޯޝަނީމާގެ / އައްޑޫ ހިތަދޫ
އެ މައްސަލާގައި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، ދެ މީހުންގެ މައްޗަށްވެސް ވަނީ 10 ދުވަހުގެ ބަންދެއް ޖަހާފައެވެ.
ވަހީދާއި ފަތުހީގެ ބަންދުގެ އަމުރުގައި ކޯޓުން ބުނީ، ދެ މީހުން ކުށްކުރި ކަމުގެ ހެކި ފުލުހުން ހުށަހަޅާފައިވާ ކަމަށާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަށް ބަލާއިރު، ކުށުގެ ޝިކާރައަކަށް ވީ މީހާ އާއި ހެކިވެރިން ދިން ބަޔާންތަކުން ދެ މީހުންނަށް ކޮށްފައިވާ ތުހުމަތަށް ބާރުދޭ ކަމަށެވެ.
ނަމަވެސް، ވަހީދުގެ ދިފާއުން ބުނީ، ވަހީދަކީ އުމުރުން ދުވަސްވީ ބަލި މީހެއް ކަމަށެވެ. ޖަވާބުގައި ކޯޓުން ބުނީ، 10 ދުވަސް ފަހުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ދެން އޮންނަ އަޑުއެހުމަކަށް ބަލި ހާލަތާ ގުޅޭ ލިޔެކިއުންތައް ހުށަހަޅައިފި ނަމަ އެއަށް ރިއާޔަތް ކުރާނެ ކަމަށެވެ.
ހިއުމަން ޓްރެފިކިން މައްސަލާގައި މީގެ ކުރިންވެސް ވަހީދު ހައްޔަރު ކޮށްފައި ވާއިރު، އޭނާގެ ފަރާތުން ޝިކާރައަކަށް ވީ މީހާއަށް ބިރުދައްކަން އަދިވެސް އޭނާ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލާގައި ހިމެނޭ ފަތުހީގެ ދިފާއުން ބުނީ، އޭނާގެ މައްޗަށް އެ މައްސަލާގައި ތުހުމަތު ވަނީ، ވަހީދު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުން ކަމަށެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލައަކީ ރާއްޖޭގައި ބޮޑު މައްސަލައަކަށް ވެފައި ވާއިރު، ހިއުމަން ޓްރެފިކިންގެ އެންމެ ގޯސް އެއް ގައުމުގެ ގޮތުގައި ރާއްޖެ ވަނީ ހިމެނިފައެވެ. އެގޮތުން ވަޒީފާގެ ނަމުގައި އަދިވެސް ގިނަ ބަޔަކު އޮޅުވާލައިގެން ރާއްޖެއަށް ގެނައުންވެސް ހިމެނެއެވެ.
ތިހެން ވަކި ބަޔަކު ހައްޔަރު ކުރަނީ. ކޮބާ ޓްރެފިކިންގގެ މައްސަލަ އުފުލާފައިވާ މިލަންދޫ ދާއިރާގެ މެމްބަރު ރިޒާ. އެމް.ޑީ.ޕީ މީހެއްވީމަ އެޔޮއްގިނަ ދަންތުރަތަށް ބަންގާޅަމީހުންނަށް ޖައްސާ ޙަލާލު މުސާރަވެސް އެމީހުންނަށް ނުދީ އެހެރީ ރިޒާ ދޫކޮށްލާފަ. ކީއްވެ ހައްޔަރު ނުކުރީ. ދެބޯގެރިއޭ ކިޔާބަލަ