އެރްޓިރިއާ އަށް ނިސްބަތްވާ ކިޑާނޭ ޒަކާރިއާސް ހެބްތަމޭރިއަމް ނަމަކަށް ކިޔާ މީހާ އަކީ އިންސާނުން ސްމަގްލް ކޮށް ރަހީނުކޮށް، ރޭޕްކޮށް މަރާ ކަމުގެ ތުހުމަތުގައި އިންޓަޕޮލް އިން ހޯދާ "މޯސްޓް ވޯންޓަޑް" މީހާއެވެ.

ޔޫއޭއީ އާއި ސޫދާން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އޭނާ އަތުލިކަން ހާމަ ކުރަމުން އިންޓަޕޮން އިން ބުނީ، އޭނާ އަކީ މީހުން ސްމަގްލް ކޮށް ދުނިޔޭގެ އެކި ސަރަހައްދުތަކަށް އެމީހުން ސަޕްލައި ކުރުމާއި، ރަހީނުކޮށްގެން ގެންގުޅުމުގެ އިތުރުން އޭގެ ތެރެއިން މީހުން ރޭޕްކޮށް އަދި މަރާ ހަށިގަނޑުތައް ކޮށާ ރަހުމްކުޑަ އަނިޔާ ދީ ހަދާ މީހެއް ކަމަށެވެ. އަދި އޭނާ އެ ޖަރީމާތައް ހިންގުމަށް ލީބިޔާގައި ބޮޑު ކޭމްޕެއް ވެސް ހިއްގާކަމަށް ބުނެފައި ވެއެވެ.

2019 އިން ފެށިގެން އިންޓަޕޮލް ގެ ރެޑް ނޯޓިސް ލިސްޓްގައި އޭނާ އޮވެ ހޯދާތާ އެތައް އަހަރެއް ވެއްޖެއެވެ.

އޭނާ އަތުލުމަށް ފަހު ޔޫއެއީން ބުނީ، ޔޫރަޕަށް އިންސާނުން ސްމަގްލް ކުރާ މައި މަގު މިހާރު ބަންދު ވީ ކަމަށާއި އެރްޓިރިއާ، އިތިއޯޕިއާ، ސޫދާން، ސޯމާލިއާ އިން މީހުން ވަގަށް ނަގައިގެން ލީބިއާ އަށް ގެންގޮސް އެމަގުން ފުޅާދާއިރާއެއްގައި އޭނާ އެ ވިޔަފާރި ހިންގަމުން ދިޔަ ކަމަށެވެ.

އޭނާ އަތުލުމަށް ޔޫއޭއީ އާއި އިންޓަޕޮލް އަދި އެހެން ގައުމުތައް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނާ ބެހޭ ގޮތުން އިތުރަށް ބުނީ އެ އޮޕަރޭޝަންގައި ފައިސާގެ މުއާމަލާތްތައް ބަލަހައްޓަނީ އޭނާގެ ބޭބެ ކަމަށެވެ.

މީގެ ކުރިން 2020 ވަނަ އަަހަރު އިތިއޯޕިއާ އިން ވެސް ހައްޔަރު ކުރި އެމީހާ ޖަލުން ފިލާފައި ވަނިކޮށް މިފަހަރު އަތުވުމުން ޝަރީއަތް ހިންގާނީ ޔޫއޭއީގައެވެ.