އައްޑޫ ސިޓީއިން ކޮވިޑް-19އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، އެމީހާއަކީ ކޮވިޑް ބައްޔަށް އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ރޭ ދަންވަރު 02:30 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 263 އަށް އަރާފައެވެ. އަދި އައްޑޫން މިބަލީގައި މަރުވި މީހުންގެ އަދަދު މިވަނީ 13 އަށް އަރާފައެވެ.

2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މިދިޔަ އަހަރު ވަނީ 120 މީހަކު މަރުވެފައެވެ. އަދި މިއަހަރު ކޮވިޑުގައި މަރުވި މިއީ ފުރަތަމަ މީހާއެވެ.

މި ވޭތުވެ ދިޔަ 20 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ. މެއި މަހު ވަނީ ޖުމްލަ 88 މީހުން މި ބަލީގައި މަރުވެފައެވެ.