ރާއްޖޭގައި އުމުރުން ދުވަސްވެފައި ތިބި މީހުންގެ ތެރެއިން އެކަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގައި މަރުވެއްޖެއެވެ.

ކޮވިޑުގެ ބަލީގައި މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެފައި ވަނީ ޏ. ފުވައްމުލަކަށް އުފަން، އެ ރަށު ފަތަނގުމާގެ، އުމުރުން 106 އަހަރުގެ އަލީ ސުލައިމާނެވެ.

ސުލައިމާނަށް ކޮވިޑު ޖެހިފައި ވާކަން އެނގުނީ އައިޖީއެމްއެޗަށް ގެންގޮސް ހެދި ޓެސްޓުތަކުންނެވެ. ނަމަވެސް އަދި މިއީ ކޮވިޑު މަރެއްގެ ގޮތުގައި އެޗްޕީއޭއަކުން ނުނިންމައެވެ.

ހުޅުމާލެ މިސްކިތުގައި ހުކުރު ނަމާދަށް ފަހު ސުލައިމާނުގެ ކަށުނަމާދު އޮންނާނެ ކަމަށް ބުނެފައި ވެއެވެ.

މިއީ ރާއްޖޭން ކޮވިޑް ބަލީގައި ރާއްޖޭން ނިޔާވި އުމުރުން އެންމެ ދުވަސްވީ މީހާއެވެ.

ކޮވިޑުގައި ރާއްޖޭން މިހާތަނަށް 274 މީހުން މަރުވެފައި ވާއިރު، މިމަހު އެކަނިވެސް 12 މީހުން މަރުވެފައި ވެއެވެ.