އައްޑޫ ސިޓީން އިތުރު 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އިއްޔެ އައްޑޫ އިން ޕޮޒިޓިވްވި 7 ކޭސް ވެސް ފެނިފައި ވަނީ ހިތަދޫން ކަމަށެވެ.

އެކްޓިވް ކޭސްތަކަށް ބަލާއިރު އެކްޓިވް ކޭސްތައް އެންމެ ގިނައީ ހިތަދޫގަ އެވެ. އެއީ 60 އެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 4 ކޭސް، ފޭދޫގައި އެކްޓިވް 2 ކޭސް، މަރަދޫގައި 2 މީދޫގައި 1 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. މިއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 70 އަށް އަރާފައެވެ.

އައްޑޫން މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ތިން މީހަކަށް ފަރުވާދެމުން އަންނައިރު އައްޑޫން ކޮވިޑު ޖެހިގެން އައްޑޫން 12 މީހަކު ވަނީ މަރުވެފައިވެއެވެ.

އައްޑޫ ސިޓީ މޮނިޓަރިންގައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް ފަހުން މޮނިޓަރިންގެ ހާލަތުން ނަގާފައިވަނީ މިދިޔަ މަހު 30 ވަނަ ދުވަހުއެވެ.