މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޗެއާ ކުރައްވާ ޓާސްކް ފޯހެއް އެކުލަވާލައްވާ މަސައްކަތް ފަށައިފިއެވެ.
އެކި އޮޕަރޭޝަންތަކުގައި އަތުލައިގެންފައި ވާ މަސްތުވާތަކެތި ނައްތާލުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޓާސްކް ފޯހެއް އެކުލަވާލައްވައި މީގެ މަހެއްހާ ދުވަސް ކުރިން މަސައްކަތް ފަށާފައިވާ ކަމަށާއި، ޒުވާން ޖީލު ހަލާކުވެގެން ދާ ދިއުމަށް ހުއްޓުމެއް ގެނައުމަށް އަންނަ އަހަރު ވަރަށް ގިނަ މަސައްކަތް ކުރައްވާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކޮށްގެން ގެންނަ މަސްތުވާތަކެތި ހޯދައި އެ އެއްޗެހި ނައްތާލުމަކީ ފުލުހުން ކުރާ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އެހެންނަމަވެސް މުޅި މައްސަލައަށް ހައްލެއް ނުލިބި މަގުމަތީގައި މަސްތުގެ ހާލަތުގައި ލިބޭ މީހުން ގިނަވެ އެކަމުގެ އުނދަގޫ އާއްމުންނަށް ފޯރަމުން ދިއުމަކީ އިޖުތިމާއީ އަދި އިގްތިސާދީ ވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމެއް ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ އަލަށް ހެދި ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ފެންނަން ފަށާނެ ކަމަށެވެ.
އަލަށް ހެދި ޓާސްކް ފޯހުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާއަކައްވާނީ އެމީހުން އެ ވިއްކާ ބޮއި ނުވިތާކައް އިމުރާނަށާއި ދެންތިބިވެރިންނައް އެ ބޯންދީ ވިއްކާ ހެދުން މީ ކަލޭމެންގެ މަސްތުވާތަކެތީގެ ސިޔާސަތު ރައްޔިތުންމިހާރު ގަބޫލެއްނުކުރާނެ ތިވާހަކަތަކެއް