34 ވަނަ ގައުމީ ގުރުއާން މުބާރާތުގެ މެއިން ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއަހަރުގެ މުބާރާތުގައި 12 ކެޓަގަރީއަކުން 1،700 ކުދިން ބައިވެރިވެއެވެ. މި މުބާރާތުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި އަތޮޅު ކައުންސިލްތަކާއި، ސްކޫލްތަކާއި، ގުރުއާން ކްލާސްތަކާއި ކޮލެޖު ޔުނިވާސިޓީ ހިމެނެއެވެ.

ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރީތިކޮށް ތަޖުވީދު މަގަށް ގުރުއާން ކިޔެވުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމެވެ.

ފާއިތުވި އަހަރުތަކުގައި ބޭއްވި މުބާރާތްތަކަށްވެސް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިރާގުން ބުނީ އެކުންފުނިން އަބަދުވެސް އަންނަނީ އިޖުތިމާއީ ކަންކަމާއި ދީނީ ކަންކަން ކުރިއެރުވުމުގެ ގޮތުން އެފަދަ ކަންކަމުގައި ބައިވެރިވަމުން ކަމަށެވެ.