އެމްއެންޕީގެ ހަރަކާތްތައް ހިންގަން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ޕާޓީން ފުރުސަތު ހުޅުވާލައިފިއެވެ.

އެ ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ކުރިއަށް އޮތް ތަނުގައި އެ ޕާޓީން ގިނަ ހަރަކާތް ތަކެއް ހިންގަން ރާވާފައި ވާއިރު، އެ ހަރަކާތްތައް ހިންގަން އާންމުންނަށް އެހީތެރިކަން ދެވޭނެ ކަމަށެވެ.

އެގޮތުން އެ ޕާޓީގެ އިދާރީ ކަންކަން ހިންގުމަށާއި، ރަށްރަށުގައި ޕާޓީގެ ގޮފިތައް އެކުލަވާލައި ގިނަ މަސައްކަތްތަކެއް ކޮށް ހޭލުންތެރިކަމުގެ ޕްރޮގްރާމް ހިންގުމަކީ އެ ޕާޓީގެ އަމާޒެއް ކަމުގައި އެމްއެންޕީން ބުންޏެވެ.

އެ ޕާޓީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެ ޕާޓީގެ އިސްލާމިކް ބޭންކް އެކައުންޓަށް އެހީ ޖަމާކޮށްދިނުމަކީ އެމްއެންޕީގެ އެދުމެކެވެ.

ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ރާވައި ހިންގުމަށްޓަކައި އެ ޕާޓީތަކަށް އެހީތެރިކަން ދިނުމުގެ ފުރުސަތު އެކި ގައުމުތަކުގައި ހުޅުވާލާފައި އޮވެއެވެ.