ރާއްޖޭގައި ގާއިމްވެފައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ކަމަށް ބުނެ، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ އެމްޑީޕީގެ ރައީސްގެ ހައިސިއްޔަތުން ނަޝީދު އިސްނަންގަވައިގެން، އެޕާޓީގެ މާލޭގެ ދާއިރާތަކުގެ ރައީސުންނާއި އާންމުން ބައްދަލުކުރަން ސަލްޓަން ޕާކުގައި ބޭއްވި ކޯކަސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޔާމީނަށް މޭފުޅު މަތީގައި "އިންޑިއާ އައުޓް" ޖައްސަވައިގެން ނުހިންގެވޭނެ ކަމަށެވެ. އަދި އެއީ ލަދު ގަންނަން ޖެހިވަޑައިވަޑައި ގަންނަވާނެ ކަމެއްގެ ގޮތުގައި ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
ހަމަ އެއާއެކު، ނަޝީދު ވަނީ ޔާމީންގެ ސަޕޯޓަރުންނާއި ޔާމީނާ ބައްދަލުކުރައްވަން ޖެހިވަޑައިގެންފި ނަމަ އުނދަގޫވާނެ ކަމަށް ވިދާޅުވެ، އެ ލަދުން އިދިކޮޅުގެ ސަޕޯޓަރުން ސަލާމަތް ކުރުމަށްޓަކައި އެމްޑީޕީގެ ސަޕޯޓަރުންނާއި ފުލުހުން އެ ހަރަކާތް ހުއްޓުވުމަށް އެދިވަޑައިގެންފައެވެ.
"ވިސްނަވާތި، އަޅުގަނޑު އެހެން ޖަހައިގެން ނުކުތްނަމަ ތިބޭފުޅުން ލަދުގަންނާނެ ވަރު. އަޅުގަނޑަށް އެބަ އެނގޭ އަދި އަޅުގަނޑަށް އެނގޭ ތިޔަބޭފުޅުންނަށް އުނދަގޫފުޅުވާނެ ކަންވެސް އަޅުގަނދުގެ ގާތުގައި ބަލަ ރައީސޭ ތިހިރީ ހާދަހާ އެހެން ބާވަތަކަށޭ ހެދުން އަޅުއްވައިގެން. ބައްލަވާށޭ ޖައްސަވައިގެން ތިހުރި އެއްޗެއްވެސް." ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، "އިންޑިއާ އައުޓް ނުގޮވޭނެ" ކަމަށް ތަކުރާރު ކުރައްވައި ނަޝީދު ވިދާޅުވީ، މިއީ ތަހުޒީބު ޑިމޮކްރަސީއެއްގައި ހިނގާ ކަމެއްނޫން ކަމަށާއި، އިންޑިއާ އައުޓް ގޮވަމުން ޔާމީނަށް ނުހިންގެވޭނެ ކަމަށާއި، ފުލުހުން މި ހަރަކާތް ހުއްޓުވަން ޖެހޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
"އިންޑިއާ އައުޓް" ހަރަކާތް ރަށްރަށަށް ފުޅާކުރުމުގެ ގޮތުން، ޔާމީން ވަނީ މިދިޔަ ހަފްތާގެ ބަންދުގައި ކ. އަތޮޅުގެ ބައެއް ރަށްރަށަށް އިންޑިއާ އައުޓް ޖަހާފައިވާ ޓީޝާޓު ތުރުކުރައްވައިގެން ވަޑައިގެންފައެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި އެމްޑީޕީގެ ބައެއް ސަޕޯޓަރުންގެ ފަރާތުން ވަނީ ޔާމީނަށް ފާޑުކިއުން އަމާޒުވެފައެވެ.
އެހިނގަނީ...ރަށްރަށަށް ވެސް ގޮސް އެހިނގަނީ.
އިންޑިއާ އައުޓެއް ނުގޮވޭނެ، ފުލުހުން ނުކުމެ ޔާމީން ހުއްޓުވަން ޖެހޭ ކަމަށް ކެނެރީގެ ނަޝީދު ވިދާޅުވާއިރު އެއީ ކޮން ގާނޫނެއްގެ ދަށުން ފުލުހުންނަށް ހުއްޓުވޭނެ ކަމެއްތޭ އިންޑިއާ އައުޓް ގޮވާ ސަބަބު ކެނެރީގެ ނަޝީދު މެން ނުފޮރުވާ އޭގެ ހަގީގަތް ރައްޔިތުންނަށް ކިޔާދިނިއްޔާ މާތާހިރުވާނެއޭ އިންޑިއާ ސިފައިން މިގައުމުގައި ބޭތިއްބުމުގެ އެންމެ ބޮޑު ބޭނުމަކީ އިންޑިއާގެ ވަގުވިޔަފާރިވެރިންނަށް ގުޅިފަޅު ނުއަގުގައި ވިއްކާލާ އަދި އެތަން ސަރުކާރުން އަތުލަން އުޅުމުން ދިވެހިންނަށް ގުޅިފަޅު ނުދީ އިންޑިއާ ސިފައިން އެތަނުގައި ބައިތިއްބައިގެން ގުޅިފަޅު ކައްވާލަން ވެގެން ކުރާ ކަމެކޭ އިންޑިއާ އައުޓް އެއީ ހަމައެކަނި އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާ އެއްޗެއް ނޫނޭ އިންޑިއާ އައުޓަކީ އެއީ އިންޑިއާ ސިފައިންނާއި އަދި އިންޑިއާގެ ވަގު ވިޔަފާރިވެރިން ކެނެރީގެ ނަޝީދާއި ގުޅިގެން މިގައުމުގެ އިގްތިސާދުގެ ލޭބޯތީވެ އެކަން ވެސް ހުއްޓުވުމަށް ޓަކައި ކުރާ ކަމެކޭ އިންޑިއާ ވެސް ޖެހޭނީ އައުޓް ވާން އަދި ލަންކާ ވެސް ޖެހޭނީ އައުޓް ވާން ލަންކާ ގައި ހުރި ދިވެހިރާއްޖެ ތަމްސީލް ކުރާ ހުރިހާ ބޭރު އެމްބެސެޑަރުން ވެސް ތިބެން ޖެހޭނީ ރާއްޖޭގައި ލަންކާ އަކު ނޫން ތިބެން ޖެހޭނީ..
އެހިނގަނީދޯ......ހެހެހެ
އިންޑިއާ އައުޓެއް ނުގޮވޭނެ، ފުލުހުން ނުކުމެ ޔާމީން ހުއްޓުވަން ޖެހޭ ކަމަށް ކެނެރީގެ ނަޝީދު ވިދާޅުވުން އެއީ އޭނާ ހޭ ބުއްދި ފިލައިގެން ދިޔާ ކަމަށޭ މަމެން ދެކެނީ ދިވެހި ފުލުހުން އިންޑިއާ ސިފައިން ދިފާއު ކޮށް ހަދާ ރާއްޖޭގައި ހަމަ އެކަނި ބްރިޖް އަޅަން އެނގުނު އެކަން ކުރި އަދި 25 ބުރީގެ ހޮސްޕިޓާ އަޅާ ދުނިޔޭގެ ރިކޯރޑް ފޮތުން ޖާގަ ހޯދާފައިވާ މައްދިވެހި ދިވެހި ދަރިއަކު ނުޖެހޭނެއޭ ހައްޔަރުކުރަން ބަދަލުގައި އިންޑިއާ ސިފައިން ތިބެން ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓަކަށް ދާންވީއޭ ދާންވީއޭ ދާންވީއޭ ދާންވީއޭ
އިންޑިއާ ދިފާއު ކުރަން ފުލުހުން ނުޖެހޭ ނިކުންނަން ދިވެހިރައްޔިތުން ގައި ގައި ތަޅަން އެކަން އެގޮތަށް ކޮށްގެން ނުވާނެއޭ ދިވެހި ދިދައިގެ ދަށުގައި ތިބޭ ފުލުހުން ފުލުހުން އެކަން ހަދާންކުރާތި
ކުދިްނނޭ އިންޑިއާ މިލިޓަރީ އައުޓް އެއީ އިންޑިއާ އައުޓްގެ މީންސް އަކީ އިންޑިއާ މިލިޓަރީ އައުޓް
ބޮއިކަޓް އޯކޭ. ޢިންޑިޔާ އައުޓް ނުކިޔޭ ދެން ލަލަލާ..... ދިމޮކުރަސީ ފައްކާ ވެއްޖެ
އިންޑިއާ އައުޓް ފަލާހް އައުޓް އެމްޑީޕީ އައުޓް ކެނެރީގެ ނަޝީދު އައުޓް ރައީސް އިބޫ އައުޓް
ފުލުހުންނަށް އިންޑިއާ އައުޓް ގޮވުން ނުހުއްޓުވޭނެއޭ އެއީ ސްޕްރީމް ކޯޓުގެ ހުކުމަކުންނޭ އެކަން ހުއްޓުވޭނީ ފުލުހުން އެއީ ކެނެރީގެ ނަޝީދުގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ އަދި ކެނެރީގެ ނަޝީީދުގެ މައިންބަފައިންގެ ތަރިކަ މުދަލެއް ވެސް ނޫނޭ އެއީ ސީދާ ދިވެހިރައްޔިތުންނޭ ރައްޔިތުންގެ %95 ބޭނުންވަނީ އިންޑިއާ އައުޓްވާން