ރަސްމީ ދަތުރެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ށް ވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އިޒްރޭލުގެ ބޮޑުވަޒީރަކު ރަސްމީ ދަތުރެއްގައި ޔޫއޭއީއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރަށް ވާއިރު މި ދެ ގައުމުގެ ގުޅުން ފާއިތުވި 2021 ވަނަ އަހަރު ރަސްމީ ސިފައެއްގައި ގާއިމް ކޮށްފައި ވަނީ އެމެރިކާއިން ސްޕޮންސާ ކޮށްފައިވާ “އަބްރަހަމް އެކޯޑްސް”ގެ ނަމުން ނަންދީފައިވާ ބްރޯކާޑް މުއާހަދާއެއްގެ ދަށުންނެވެ.

މި މުއާހަދާއާއެކު ފަތުރުވެރިކަމުގެ ސިނާއަތާއި ވިޔަފާރީގެ ދާއިރާއީ އެންމެ ފަހުގެ ޓެކްނޮލޮޖީއާ އަދި އެހެނިހެން ދާއިރާއާގުޅޭ އެއްބަސްވުންތަކުގެ ޑްރާފްޓެއް ވަނީ ހަދާފައެވެ.

އިޒްރޭލުން ބުނީ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުންނާ ހާއްސަކޮށް އިގްތިސާދީ އަދި ސަރަހައްދީ މައްސަލަތަކާ ބެހޭ ގޮތުން ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އާދިއްތަ ދުވަހު ބެނެޓް ޔޫއޭއީއަށް ވަޑައިގެންފައި ވާއިރު ހޯމަ ދުވަހުގެ ވަގުތެއްގައި އޭނާ ވަނީ ޔޫއޭއީގެ ވަލީއަހުދު ޝެއިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންއާ ބައްދަލުކުރައްވާފައެވެ.

ޔޫއޭއީގެ ވަލީއަހުދުގެ އިތުރުން އެގައުމުގެ ޓެކްނޮލޮޖީ މިނިސްޓަރާއި ޓްރާންސްޕޯޓް މިނިސްޓަރާވެސް ބެނެޓް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.