ދަރިންގެ ޒިންމާތައް އުފުލަން ޖެހޭ ބަޔަކަށް މައިންބަފައިން ވާއިރު، އެ މައިންބަފައިން އެ ދަރިންނަށްޓަކައި ހާދަ މަތިވެރި ގުރުބާނީއެއް ވެއެވެ. ހަމައެހެންމެ އެ ގުރުބާނީތަކާއި ޒިންމާތައް، ނަފްސާނީ ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ދަރިއަކު ބަލާ މައިންބަފައިންނަށް، އެތައް ގުނައަކަށް އިތުރުވެގެން ދާނެކަން ޔަގީނެވެ. އެ ފަދަ ކުދިންގެ އަމަލުތަކުގެ ސަބަބުން ބައެއް މައިންބަފައިންނާއި މުޅި އާއިލާ ބިރުވެރިކަމެއްގެ ތެރޭގައި އުޅޭއިރު ހިތާމައަކީ އެކަންކަމާ ސަރުކާރުގެ ފަރާތްތަކުން ހަވާލުވެ ތިބޭ މީހުން "ވަރިހަމަ ވެފައި" ތިބޭ ތިބުމެވެ.
ނަފްސާނީ ބަލި ހުންނަ މީހުންނަކީ އޭގެ ސަބަބުން ތިމާގެ ކޮންޓްރޯލުން ބޭރުގައި އެތައް ކަމެއް ކުރާ ބައެކެވެ. އެއްޗެއްސަށް ގެއްލުން ދިނުމުން ފެށިގެން އަމިއްލަ ނަފްސަށް އަނިޔާދިނުމަކީ އަމިއްލަ އިހްތިޔާރުން ބޭރުގައި އެ މީހުން ކުރާ ކަންކަމެވެ. ކަން މިހެން ހުރިއިރު އުމުރުން 16 އަހަރުން ފެށިގެން ސައިކްލޯތީމިއާ ބައިޕޯލާ ޑިސްއޯޑާ ކިޔާ ނަފްސާނީ ބައްޔަކަށް ފަރުވާ ކުރަމުން އަންނަ، މިހާރު 21 އަހަރުގެ ފިރިހެނެއްގެ މިފަދަ އަމަލުތައް ޖެންޑާ މިނިސްޓަރީއަށް އާއިލާއިން ހުށައެޅާ ވަރުބަލިވި އިރުވެސް އަޅާނުލާ ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ކަން ހިނގަމުން ދިޔަ ގޮތް
މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ބަލި މީހާގެ މަންމަ ބުނީ އެ މީހާ އަކީ 2016 އިން ފެށިގެން ސައިކްލޯތީމިއާ ބައިޕޯލާ ޑިސްއޯޑާ ކިޔާ ބައްޔަކަށް ފަރުވާ ކުރަމުން އަންނަ މީހެއް ކަމަށާއި 2019 އާ ހަަމައަށް ޖެންޑާ މިނިސްޓްރީގެ އެހީތެރިކަން ހޯދައިފާ ނުވާ ކަމަށެވެ. އަދި އެ ބައްޔަށް އޭނާ ބޭސް ކާ ކަން، ރައްޓެހިންނަށް އެނގި ބުލީ އާއި މަލާމާތްތަށް ކުރިމަތިވެ ބޭސްކެެއުން ހުއްޓާލިއެވެ. ރައްޓެހިން އެ މީހާއަށް މަސްތުވާތަކެތި ދޭން މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް އެ ވާ ގޮތަކީ (މަސްތުވާތަކެތި ބޭނުން ކުރުމުން) އެހާ ގަޔާވާ ގޮތަކަށް ނުވުމުން އެކަމުން ސަލާމަތް ވެފައިވާ ކަމަށް މަންމަ ކިޔައިދިނެވެ.
ރަސްމީކޮށް މިފަދަ ކަމެއްގައި ޖެންޑާގެ އެހީތެރިކަން ހޯދުމަކީ ދަތިކަމެއްކަން ފާހަގަ ކުރަމުން އޭނާގެ މަންމަ ބުނީ 2020 ވަނަ އަހަރު އާއިލާ މީހެެއްގެ ފަރާތުން މިހާރުގެ ޖެންޑާ މިނިސްޓަރުގެ އާއިލާގެ މީހަކު މެދުވެރިކޮށް ޖެންޑާގެ އެހީތެރިކަން ހޯދި ކަމަށެވެ.
އަދި އެ މީހާ މިދިޔަ 2020 އަހަރު ކ. ގުރައިދޫގައި ހުންނަ ހޯމް ފޯ ޕީޕަލް ވިތް ސްޕެޝަލް ނީޑްސް ނުވަތަ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ފަރުވާއަށް ގެންދިޔައެވެ. އޭރު އޭނާ ގެންދިޔައީ، ބޭސް ނުކައި ހުރެ އަމިއްލަ ނަފްސާއި ތަކެއްޗަށް ގެއްލުން ދޭތީ 6 މަސް ދުވަހަށް ނަމަވެސް ފަހުން އިތުރު 6 މަސް ވާންދެން މަރުކަޒުގައި ބެހެއްޓިކަމަށް ބުންޏެވެ. އަދި 1 އަހަރު ފަހުން، މިދިޔަ ސެޕްޓެމްބަރު މަހު މާލެ ގެނައި ކަމަށާއި، އޭނާގެ ދަރިފުޅުގެ ކުރީގެ ހަނދާންތައް ފޮހެލުމަށް އެހެން ގެއަކަށް ބަދަލުވި ކަމަށްވެސް ބުންޏެވެ.
ހާލަތު ގޯސްވާން ދިމާވި ސަބަބު
މަރުކަޒުން އައުމަށް ފަހު ބޭސް ބޭނުން ކުރި ކަމަށާއި، ހުޅުމާލެ ފޭސް 2 ގެ ފިނިޝިން މަސައްކަތް ކުރާ ބަޔަކާއެކު އޭނާ ވަޒީފާއަކަށްވެސް ދިޔަ ކަމަށް މަންމަ ބުންޏެވެ. އެހެންނަމަވެސް ބޭރު ތެރޭގައި އުޅެން ފެށުމާއެކު ދިމާވި ކުރީގެ ކްލާސް ކުދިންނާ އަދި ރައްޓެހިންނާ ޖެހި ބޭސް ހުއްޓާލިއެވެ. އެކަމާ ސުވާލު ކުރުމުން މަރުކަޒުންވެސް އިރުޝާދު ދީފައި އޮތީ އަމިއްލައަށް ނިދޭނަމަ ބޭސް ހުއްޓާލަންކަމަށް އޭނާއާ ހަވާލާދީ މަންމަ ބުނެއެވެ. މަންމަ ބުނީ އޭނާ ވަޒީފާއަށް ދިޔައީ 20 އަކަށް ދުވަހު ކަމަށާއި މި މަހުގެ 2 ވަަނަ ދުވަހު، މީހަކު އޭނައަށް އަނިޔާކޮށް ފޯނު ފޭރުމުން އައިސް އެކަމާ ރޮއެ ކުރީގެ އުޅުމަށް ބަދަލުވި ކަމަށެވެ.
ފޯނު ފޭރުނު ހާދިސާއަށް ފަހު އެ މީހާ ގޭތެރޭގެ އެއްޗެހި ހަލާކުކޮށް ގޭގެ މީހުންނަށް އިންޒާރު ދެމުން އަންނަ އަދަދު ވަނީ އިތުރުވެފައެވެ. މަންމަ ބުނީ އެތައް ފަހަރަކު އޭނާ އަމިއްލައަށް ފުންމާލަން އުޅުނު ކަމަށާއި އޭނާގެ 5 އަހަރުގެ ކޮއްކޮ ބޭރަށް ވައްޓާލަން ވެސް މަސައްކަތް ކޮށްފައި ވާ ކަމަށެވެ. އަދި ބައެއް ފަހަރު ޖޫހާއި ކާއެއްޗެއްސަށް ބޭސް އަޅައިގެން އޭނާއަށް ދޭން މަސައްކަތް ކުރާކަން އެނގި މަންމަ މަރާލާނެ ކަމުގެ އިންޒާރު ވެސް ދޭ ކަމަށް ބުނެފައި ވެއެވެ.
ޖެންޑާއާއި މުއައްސަސާތަކުން ބުނަނީ ކީކޭ؟
އެ ކަންކަމާ ހުރެ، ޕޮލިހަށް މައްސަލަ ރިޕޯޓު ކުރުމުން މިމަހުގެ 8 ވަނަ ދުވަހުގެ ރޭ ގޮސް އެ މީހުންނަށް ކުރެވޭނެ ކަމަށް ނޯންނާނެ ކަމަށް ބުނި ކަމަށް މަންމަ ބުންޏެވެ. ފުލުހުން އައިއިރުވެސް އެކި އެއްޗެހީގައި އޭނާ ތަޅާ އަޑު ފުލުހުންނަށް އިވޭނެ ކަމަށް ވެސް މަންމަ ކިޔައިދިނެވެ.
އެ މީހާ މަންމަ ބުނީ މި މަހުގެ 9 ވަނަ ދުވަހު 3:30 ހާއިރު ފާހާނައިގާ ހުންނަ ބިއްލޫރިގަނޑެއްގައި އަތުން ޖަހާ ތަޅާލުމުން އޭނާގެ އެތަން މިތަން ވަނީ ޒަހަމްވެފައި ކަމަށެވެ. އެ ދުވަހު ހޮސްޕިޓަލަށް ގެންދަން އާއިލާއިން މަސައްކަތް ކުރި ނަމަވެސް އެކަން ނުކުރެވިގެން ޝަހީދު ހުސައިން އާދަން ބިލްޑިން އަށް ގޮސް އެކަމަށް ހައްލު ނުލިބެނީސް އެތަނުން ނުދާނެ ކަމަށް ބުނުމުން އެ ރޭ 10:30 ހާއިރު ބަޔަކު ގޮސް އޭނާ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް މަންމަ ބުންޏެވެ.
އެ ރޭ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާ ފަރުވާ ދިން ފަހުން ޖެންޑާ މިނިސްޓްރީގެ މުވައްޒަފުން އިއްޔެރޭގެ ވަގުތެއްގައި ދިޔަ ކަމަށް މަންމަ ބުންޏެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ރިޒްނާ ޒަރީރު "ދަ ޕްރެސް" ވިދާޅުވީ، މި މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށާއި މިހާރު އޭނާ އޮތީ އައިޖީއެމްއެޗްގައި ކަމަށެވެ. "ދަ ޕްރެސް" އަށް އެނގިފައިވަ ގޮތުން، މަރުކަޒުން ފަރުވަ ފުރިހަމަ ކޮށްގެން ނުކުންނަ މީހުންގެ ހާލު ޖެންޑާއިން ބަލަމުން ގެންދެއެވެ. އަދި އަލުން މީހަކު އަނބުރާ މަރުކަޒަށް ގެންދިއުމުގެ ކުރިން އާންމު އުސޫލަކީ 6 މަސް ދުވަހަށް މޮނިޓާ ކުރުންކަންވެސް ވަނީ އެނގިފައެވެ.
މި މައްސަލައިގައި ޖެންޑާއިން ހާއްސަ ގޮތަކަށް އަމަލު ނުކުރާ ސަބަބު ސާފުވެފައި ނުވި ނަމަވެސް މަރުކަޒުން ގެންނަ މީހުން ގަވައިދުން ބޭސްކައިތޯއާއި، އެމީހުންގެ ހާލު ގަވައިދުން ބެލުމަކީ ޖެންޑާއިން ކުރަން ޖެހޭ ކަމެކެވެ.
މި މައްސަލައިގައި ފުލުހުން ބުނީ އެމީހުންގެ ދައުރަކީ ޖެންޑާއަށް އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށާއި، އެމީހާއާބެހޭ މައްސަލައެއް ފުލުހަށް ހުށަހަޅާފައި ނުވާކަމަށެވެ.
އާއިލާއިން އެދޭ ގޮތް
ޖެންޑާ މިނިސްޓަރަށް ދަންނަވައިގެންވެސް ފަރުވާއަށް ބޭރަށް ދެވެން ދެން އެ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޭނާ ބެހެއްޓުމަށް މަންމަ އެދެއެވެ. އައިޖީއެޗްއަށް މި މަހުގެ 9 ވަަނަ ދުވަހުގެ ރޭ ގެންދިޔަ ފަހުން އަދިވެސް އެ ހޮސްޕިޓަލްގެ އައިސޮލޭޝަންގައި އޭނާ އޮތްކަން ފާހަގަ ކުރަމުން މަންމަ ބުނީ އެތަނުން ގެއަށް ގެންދިއުމުގެ ބަދަލުގައި އާއިލާއިން ބޭނުން ވަނީ އެ މީހާ ޖެންޑާގެ ބެލުމުގެ ދަށަށް ގެންދިއުމަށް ކަމަށެވެ. މީގެ އިތުރުން އެ މީހާގެ ބައްޕައަށް މަސައްކަތް ނުކުރެވި ހުރުމުގެ ސަބަބުން މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ވެފައިވާ ކަން މަންމަ ވަނީ ފާހަގަ ކޮށްފައެވެ.
މަންމަ އިތުރަށް ބުނީ މިފަދަ ކަންކަމަކީ އަމިއްލަ އިހުތިޔާރުގައި ކުރާ ކަންކަމަށް ނުވާއިރު އެފަދަ މީހުންނަކީ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބައެއް ކަމަށެވެ. އަދި މިކަމުގައި ޖެންޑާއިން އެއްބާރުލުން ނުލިބޭކަމަށް ބުނެ މަންމަ ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި ދެން އޭނާ ގެއަށް ގެންގޮސްފިނަމަ ކަން ހިނގާނެ ގޮތް ޖެންޑާއަށް އެނގޭނެ ކަމަށާއި ވުމާއެކު މިކަމަށް ހައްލެއް ހޯދަދިނުމަށް މަންމަ ވަނީ އެދިފައެވެ.
ނުވާނެ އެއްކަމެއްވެސް ސަރުކާރުން ލަާރިކައިގެން އަރާމު ތަންމަތީ ނިދާގެން ތިބޭބަޔެއް ނަމުގަ؛ތިޖެންޑާ އެއްހަދާގެން ދަރިން ހަލާކުވެގެން ދަނީ މައިންބަފައިންނަ އެއްވެސް ބަާރެއްނެތް މައިންބަފައިން ދަރިން ވިހެއިމަ ތިބުނާޖެންޑާ ހުރިހާބަާރެއް އެހެން ވެގެން ގޮސް ވާހާކަންތަތީ
މަރުކަޒުން ފަރުވާ ފުރިހަމަ ކޮށްގެން އަންނަ މީހުންގެ ހާލު ބަލަމުން އަންނަ ވާހަކަޔާއި ގަވާއިދުން ބޭސް ބޭނުން ކުރާތޯ ބަލާވާހަކަ ކަނޑަ އެޅިގެން ހަމަ ދޮގު
އަޅުގަނޑު ވަރަށް އުފާކޮށްފިން ޢާއިޝަތު ނުހާ އާއި ދިޕްރެސް ޓީމުން މިވަރުގެ އާރޓިކަލްއެއް ލިޔެދިނުމުން، ސަބަބަކީ އަޅުގަނޑާއި އަޅުގަނޑުގެ އާއިލާ މިކަހަލަ ކަމެއްގައި އުޅޭތާ މިހާރު މި ވަނީ 30 އަށް ވުރެ ގިނަ އަހަރު. އެއްވެސް ހައްލެއް ނެތި އެކި ގޮތްތޮތުން އެއިރެއްގައި މާތްﷲ މިންވަރުކުރެއްވި ގޮތަކުން މި ހަމަޖައްސަނީ. ފައިސާ ޙަރަދުވި އަދަދު ބުނެދޭންވެސް ނޭންގޭ. މިހާރުވެސް މި ވޭނުގައި މި އުޅެނީ. އަޅުގަނޑަކީ އެއްވެސް އިރެއްގައި ދިޕްރެސް ނޫސް ކިޔާ އުޅުނުމީހެއްނޫން، ނަމަވެސް މިވަރުގެ އާރޓިކަލްއެއް ލިޔެދިން ކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވާ ހާލު އަޅުގަނޑު ދިޕްރެސްގެ ޓީމަަށް ޔަޤީންކަން އަރުވަދޭން ބޭނުންވަނީ ދިޕްރެސް އަކީ މީގެފަހުން އަޅުގަނޑު އެކްޓިވްލީ ޕްރޮމޯޓް ކޮށްދޭނެ ނޫހެއްކަން. ވަރަށް ބޮޑަށް ޝުކުރިއްޔާ. މިހެން ބުނާއިރުވެސް އަޅުގަނޑަށް އިނގޭ މި އާރޓިކަލްގެ ސަބަބުން އަޅުގަނޑު ކީއްކުރަން، މިކަންތަށް ތަހަންމަލް ކުރަމުންދާ އެއްވެސް މީހަކަށް ހައްލެއް އަދި ނުލިބޭނެކަން، ނަމަވެސް ޝުކުރުވެރިވަނީ މިކަހަލަ ހާލެއްގައި މި ދުނިޔެ މަތީގައި ބަޔަކު އުޅޭކަން ގިނަ ބަޔަކަށް އިނގޭނެތީވެ، އަދި އުފަލަކީ އެއްވެސް ކަމެއް ކޮށްނުދިނަސް މި އާރޓިކަލްގައި މި ބަޔާން ކުރި ވާހަކަތަކާއި އަޅުގަނޑުގެ ކޮމެންޓުގައި (ޝާއިރު ކޮށްފިނަމަ) ހުރި ވާހަކަތަށް، ވަޤަށް މި އާރޓިކަލް ކިޔާ، މިކަމާ ގުޅުން ހުރި އިދާރާތަކުގެ މީހުންނަށާއި، މިކަމަށް ހައްލު ގެނެސްދެވޭނެ ތަންތަނުގެ އިސްވެރިންންވެސް ވަޤަށްތިބެ މި ފެންނާނެތީވެ. ވަންސް އަގައިން، ތެންކްޔޫ ދިޕްރެސް ޓީމް.
ޢަހަރެމެން އޮފިސް ކައިރީގަވެސް ތީގެ މީހަކު އުޅޭ ކުރިން ދުވަހަކު އޮފިސް މީހެއްގެ ބޯވެސް ފަޅާލި ޕޮލިހައް ގުޅީމަ ޕޮލިހުންއައިސް ބުނި އެއްކަމެއްވެސް ނެތޭ ކޮއްދެވޭކަށް ޖެންޑާއިން ބުނަނީ ތީމޮޔަމީހެއް ނޫނޭ ދެން ކޮބާތޯ އާއްމުރައްޔެތުމީހާގެ ހައްގު؟
ވަރަށް ދެރަ ކަމެއް މި ޚަބަރުގައި ބަލިމީހަކަށް “ނަފްސާނީ މީހާ” މިފަދައިން ރިފަރ ކޮށްފައި ހުރުމަކީ. ރަނގަޅު ކަމެއް ރައްޔިތުންގެ އަޑުއުފުލަން މަސައްކަތް ކުރުމަކީ، އެކަމަކު ނޫސްވެރިކަމުގެ ހަމަ ހިފަހައްޓާ، މީހުންނަށް ކުރަންވާ އިޙްތިރާމު ކޮށްފައި ވެސް އެކަން ކުރެވިދާނެ. ބަލިމީހުނާ ދިމާލަށް ނަފްސާނީ މީހުންނޭ ކިޔުމަކީ އެމީހުންގެ ހައްޤަށް އުނިކަން އަންނާނެ ކަމެއް. ދަޕުރެސް އިން މިކަން ރަނގަޅު ކޮށްދިނުން އެދެން!!
ޖެންޑަރ މިނިސްޓްރީން ނޫންތަ ތިމީހާ ހޮސްޕިޓަލަށް ގެންދިއައީ. ޖެންޑަރ މިނިސްޓްރީގެ ކޭސް ވޯކަރސް ހާދަ ގަނަތެޅެޔޭ ތިޔަފަދަ މީހުންގެ ކޭސްތަކުގައި ވަސީލަތް ނެތުމާއި ގުޅުން ހުރި އެހެން އިދާރާތަކުން ދޭންޖެހޭ އެހީތެރިކަން ނުލިބި. ކޭސް ވޯކަރުންނަކީ މިފަދަ ބަލިތަކުގެ މީހުންނާއިއެކު މަސަތްކައް ކުރުމަށް ހާއްސަ ކަމާއި ގުޅޭ އެއްވެސް ތަމްރީނެއް ލިބިފައިއިތިބި ބައެެއްނޫން. ތިއިން ބޭފުޅަކުު އައިސް ކުޜާ މަސައްކަތް ބަލާލަން ފެނޭ. ޓ ތިޔަ މީހާ އަކީ 2016 ވަނަ އަރުން ފެށިގެން ޖެންޑަރ އިން އެކި ގޮތްގޮތުން މަސައްކަތް ކުރަމުން އައި މީހެއް. ޤަބޫލުކުރަން ޖެޙޭ ހަގީގަތަކީ މަދު މުވައްޒަފުންނާއި އެކު ހުރި ވަސީލަތެއް ބޭނުންކޮށްގެން ރެއާއި ދުޥާލު ކޭސް ވޯކަރސްް މަސައްކަތް ކުޜާކަން. ށ ސަރުކާރުން ދޭންޖެހޭ އަޅާލުން ނުލިބި ޖެންޑަރ މިނިސްޓްރީން އެކަނި ކުރެވޭނެ ކަންކަމެއް ނޫން މީކީ.