ވ. ފުލިދޫ އާ ޖަނަރޭޓަރު ސެޓު ކޮމިޝަންކޮށް ބޭނުންކުރަން ފަށައިފިއެވެ.

ސްޓެލްކޯ އިން ބުނީ ފުލިދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ފޮނުވާފައިވާ STW300 ގެ އާ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، މިހާރު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

މި ޖަނަރޭޓަރާއެކު ފުލިދޫގެ ކަރަންޓުގެ ކެޕޭސިޓީ 499kW އިން 779kW އަށް އިތުރު ކޮށްފައިވާ ކަަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން STW ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރުސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފައި ވާއިރު އޭގެ ތެރޭގައި STW600، STW300، އަދި STW800 ހިމެނެވެ.

ސްޓެލްކޯ އިން ވަނީމި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އަދި ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ވެސް ލޯކަލް ވޮރަންޓީ އާއި އާފްޓާސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.