"އިޔާ އެންޑް ބޯނަސް" ޕްރޮމޯޝަން ގެ ނަމުގައި ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް، ދިރާގު ޓީވީ އަދި މޮބައިލް އޮފާ ތަކެއް ދިރާގުން ލޯންޗުކޮށްފިއެވެ.

ދިރާގުން ބުނީ އެ ޕްރޮމޯޝަނުގެ ދަށުން ދިރާގު ފައިބާ ކޭބަލް އެއް އަޅާފައިވާ ބިލްޑިން ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓާ އިން 50 ޕަސެންޓް ޑިސްކައުންޓް ވެސް ލިބިގެންދާނެ ކަމަށާއި ދިރާގު ފައިބާ ކޭބަލެއް ނެތް ބިލްޑިން ތަކުގައި ދިރިއުޅުއްވާ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ހަމަ އެއާއެކު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ޑިސެމްބަރު 31، 2021 ގެ ކުރިން ދިރާގު ޓީވީގެ ހިދުމަތައް އެދިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް ނުވަތަ ޑީކޯޑަރު މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގުން ބުނީ އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަންގަވާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި މީހަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެ ކަމަށާއި އަދި ސްޓާޓާ ޕެކޭޖުން މަތި ކޮންމެ ޕެކޭޖެއް ނަންގަވާ މީހުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 ފަރާތަކަށްއެ ކަސްޓަމަރުގެ ޕެކޭޖުގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބޭނެ ކަމަށެވެ.

ދިރާގު މޮބައިލް ކަސްޓަމަރުންނަން ލޯންޗު ކުރި ޕޮރޮމޯޝަންގެ ތެރޭގައި 500 ރުފިޔާއަށް ވުރެއް މަތީގެ ދިރާގު ޕޯސްޓްޕެއިޑްއެއް ނުވަތަ އަމިއްލަ ޕޯސްޓްޕެއިޑް ޕްލޭން އަކަށް އެޕްލައިކޮށްލައިގެން 3 މަސްދުވަހަށް ކޮންމެ މަހަކު 3 ޖީބީ ލިބެގެންދާނެއެވެ. އަދި 500 ރުފިޔާއިން ދަށުގެ ޕްލޭންނެއް އެކްޓިވޭޓް ކުރައްވައިގެން 3 މަސްދުވަހަށް ކޮންމެ މަހަކު 1ޖީބީ ލިބެގެންދާނެއެވެ.

ދިރާގުން އިތުރަށް ބުނީ އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތަކެއް ހޯދައިދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ކަމަށެވެ.