ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީ ކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް ނ. މަނަދޫގައި ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

މަނަދޫގައި ދިރާގު ޓީވީ ތައާރަފު ކޮށްފައި ވަނީ ދިރާގު ކަސްޓަމަރުންނަށް ވަރަށް ހާއްސަ ޕޮރޮމޯޝަންއެއް ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. ދިރާގުން ބުނީ މިހާރު ކުރިއަށްދާ ހާއްސަ ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީގެ ގޯލްޑް ޕެކޭޖް ނަގާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި އެކަކަށް ސެމްސަންގްގެ އެންމެ ފަހުގެ ސްމާޓްފޯން، ޒީ ފޯލްޑް 3 ލިބިގެންދާނެ ކަމަށާއި ސްޓާޓާ ޕެކޭޖުން މަތިން ކޮންމެ ޕެކޭޖެއް ނަގާ މީހުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި 10 މީހަަކަށް ކަސްޓަމަރުގެ ޕެކޭޖުގެ 6 މަސް ދުވަހުގެ މަހުފީ މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ. އަދި އެ މުއްދަތުގައި ދިރާގު ޓީވީގެ ހިދުމަތައް އެދިގެން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް ނުވަތަ ޑީކޯޑަ މުޅިން ހިލޭ ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

މަނަދޫގެ ރައްޔިތުންނަށް އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭ ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އެގޮތުން 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ.

ދިރާގުން ބުނީ 100 އަށް ވުރެ ގިނަ ޓީވީ ޗެނަލްއާއެކު ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށެވެ.

ދިރާގުގެ ބައެއް ޗެނަލްތައް:

  • މަޝްހޫރު ޑިޒްނީ ޗެނަލްތައް
  • ސްޓާ ނެޓްވޯކްގެ ޑްރާމާ އަދި އެންޓަޓެއިންމަންޓް ޗެނަލްތައް
  • ސޮނީގެ އެންޓަޓައިންމަންޓް އަދި ސްޕޯޓްސް ޗެނަލްތައް
  • ފެކްޗުއަލް އެންޓަޓައިންމަންޓް ޗެނަލްތައް
  • ހިސްޓަރީ ޗެނަލްތައް
  • ޑިސްކަވަރީގެ ޗެނަލްތައް
  • ލައިފްސްޓައިލްގެ ޗެނަލްތައް
  • ރާއްޖެ އާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް
  • ދީނީ ޗެނަލްތައް

ދިރާގުން އަބަދުވެސް ބަލަނީ އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ދިރާގު ޓީވީ މެދުވެރިކޮށް ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

ދިރާގުން ވަނީ ޗެނަލްތަކުގެ އަދަދާއި އަގުގައި ތަފާތު ކުރުމެއް ނެތި ރާއްޖޭގެ 77 ޕަސެންޓް ގޭބީސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފައެވެ.