މ. މުލީ މާފަހި ގޭހައި ހުރި ބަދިގެއްގައި އަލިފާން ރޯވެ އެއްކޮށް އަނދައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މުލީ ކައުންސިލްގެ ރައީސް ޝަމޫން ރަމީޒް ވިދާޅުވީ އެހާދިސާ ހިނގާފައި ވަނީ މިރޭ 7 ހާއިރު ކަމަށެވެ. އަދި އަލިފާންގަނޑު ބައިގަޑިއިރެއްހާ ތެރޭ ނިއްވާލާފައިވާ ކަމަށް ވެސް ޝަމޫން ވިދާޅުވިއެވެ.

ޝަމޫނު ވިދާޅުވިގޮތުގައި އަލިފާން ރޯވެފައި ވަނީ އެރަށު މާފަށި ގޭގައި ހުންނަ ވަކިން ހަދާފައި ހުރި މަސް ކައްކާ ބަދިގެއެއްގައެވެ. އެހާދިސާ ހިނގީ މަސް ކައްކަން އުދާފައި، މަސް ކައްކަން އުދި މީހާ ނަމާދު ކުރަން ދިޔަ ވަގުތު ކަމަށް ޝަމޫން ވިދާޅުވިއެވެ.

ޝަމޫނު ވިދާޅުވި ގޮތުގައި މިހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މި އަލިފާންގަނޑު ނިއްވާލުމުގައި އެމްއެންޑީއެފް ފަޔާ ޓީމާއި ފުލުހުން އަދި އެރަށު ރައްޔިތުން މަސައްކަތް ކޮށްފައިވާ ކަމަށް ޝަމޫނު ވިދާޅުވިއެވެ.

ޝަމޫނު ވިދާޅުވީ އެ ބަދިގެ އެއްކޮށް އަނދާފައިވާ ކަމަށާއި، އަދި އެތަނުގައި ހުރި ދެ ފެންތާންގި ވެސް އަނދާ ހުލިވެފައިވާ ކަމަށެވެ. އަދި ޖެހިގެން ހުރި ގޭގެ ފާރަކާއި އެގޭގެ ކޮޓަރި ފާރަކަށް އަލިފާނުގެ އަސަރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.